Support Us

މިއަދު ވެސް 153 މީހުން ޕޮޒިޓިވް

ކޮވިޑް19 އަށް ރާއްޖޭގައި މިއަދުވެސް 153 މީހުން ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި ފަސް މީހެއް ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 153 މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވެހިންނާއި 22 ބަންގްލަދޭޭޝް މީހުންނާއި 11 އިންޑިއާ މީހުންނާއި އިންޑޮނޭޝިއާގެ މީހަކާއި ބްރިޓްންގެ މީހެއްގެ އިތުރުން ކެންޔާ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ބަލި ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅަން ފަށައިފަ އެވެ. އެގޮތުން މިއަދު ވަނީ މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާނެކަން އިއުލާންކޮށްފަ އެވެ. އަދި ބޭރުތެރޭގައި އުޅޭއިރުވެސް ފަސް މީހުންނަށްވުރެ ގިނައިން އެއްކޮށް ނޫޅުމަށާއި އާއްމު ތަންތަނުގައި ގްރޫޕް ހަދައިފައި ކުޅިވަރުތައް ނުކުޅެން ވަނީ އަންގާފަ އެވެ. އަދި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތައް ވެސް 9:30ގައި ބަންދުކުރުމަށާއި އޭގެ ފަހުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައްވެސް ނުދޭން ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4446 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1719 އެބައުޅެ އެވެ. ކޮވިޑް19 ޖެހިގެން މިހާތަނަށް 2693 މީހުން ރަނގަޅުވެފައިވާއިރު 105 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ. މި ބަލީގައި މިހާތަނަށް 19 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *