ރީތިކަމެއްގެ މައްޗަށް ހުރި ރީތިކަމެކެވެ.
ރޯޝަންކަމެއްގެ މައްޗަށް ހުރި ރޯޝަނީކަމެކެވެ.
ކާއިނާތު އުފާވެއްޖެއެވެ.
ތިިބާ ހިނިތުންވުމުންނެވެ.
ފަޒާގެ ބަނަކަން ފިލާއްޖެއެވެ.
ޖައްވުގެ އަނދިރިކަން ހިނގާއްޖެއެވެ.
ތިބާގެ ދީދާރު ކަޝްފުވުމުންނެވެ.
މޫސުން ރީތިވެއްޖެއެވެ.
ޚިޒާން ހިނގާއްޖެއެވެ.
ބަހާރު އަތުވެއްޖެއެވެ.
ތިބާ ހީނލުމުންނެވެ.
ގަސްތަކާއި ވެޔޮތައް ތާޒާވެއްޖެއެވެ.
މާތައް ފޮޅި ފަރިވެއްޖެއެވެ.
މީރުވަހުން އެއްވަސް ވެއްޖެއެވެ.
ތިބާގެ ރީތިކަމާއި ފަރިކަމުންނެވެ.