Support Us

އަނެއްކާވެސް އަނެއް ކަންތައް!

ކަމެއް މިއޮތީ ކަލޭނޭ! ދެން، ދެރުފިޔާ ކޮތަޅަކުން ނަގަނީ
ކަމެއްގައި ރައްޔިތުންނަށް ދަތިކަމެއްނޫނީ ނުވެސް ކުރަނީ

މިވެސް ހިންގާ ޖަރީމާއެއް މި ނިކަމެތި ރައްޔިތުންނާމެދު،
މިވެސް މުދަލުގެ އަގަށް އައި ބޮޑުވުމެއްކަން، ނޭނގިތޯމިވަނީ

މިގައުމުގެ މުއްސަނދިން އިތުރަށް މިއަދު މުއްސަނދިވަމުންދާއިރު،
މިގައުމުގެ ނިކަމެތިން އިތުރަށް މިއަދު ނިކަމެތިވަމުން މިދަނީ

އަތާ އަނގަޔާ ދިމާވާވަރު ނުވާ ނިކަމެތި އެތައް މީހެއް
ބަލާނަމަ ރައްޔިތުން ޙާލަށް، މިކަންކަން ސާފުކޮށް ފިލަނީ

ނަގާ ޑިޔުޓީތަކާ، ޓެކުހާ، ނަގައި ބޮޑުކޮށް ހަދާއިރުގައި،
ހަލާކުވެ "ކަންމަތީގެ ފިހާރަތައް ބަނގުރޫޓު ވެސް މިވަނީ"

ނުހަނު ނިކަމެތިކަމާއެކު ރައްޔިތުން އަދު ޙާލުގައި ޖައްސައި،
ކޮރަޕްޝަން ކޮންމެ ކަމަކަށްވެސް މިއަދު އޮތް ޙައްލަކަށް ހަދަނީ

ޙަގީގަތުގައި ހަދާ ގާނޫނުތައް، އެހަދާ ބަޔަކު ހެދިޔަސް،
ރައީސް، ތަސްދީޤު ކުރުމުންނޭ! އެޤާނޫނަށް އަމަލު ކުރަނީ

"ތިމާވެއްޓަށް ވުރެން، ކޮތަޅަށް، ލިބޭ ފައިސާ މިއަދު ރަނގަޅީ
ޙިމާޔަތްވެސް މިއަދު ލިބެނީ، ވެލާ، ކަހަނބަށް ކަމަށް މިވަނީ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *