Support Us

"ޝިއު ޕާފިއުމް"އާއެކު ޝިއު މަޑުކޮށްލައިގެން...

"ޝިއު ޕާފިއުމް"ގެ ނަމުގައި ހާއްސަ ސެންޓެއް އައިލެންޑް ޕާފިއުމް ބާ އިން ނެރެފި

މަޝްހޫރު ސޯޝަލްމީޑިއާ އިންފުލުއެންޒާ ޝިއުފާ އަހްމަދު (ޝިއު) ގެ ނަމުގައި އަންހެނުންނަށް ހާއްސަ ސެންޓެއް ތައާރަފްކޮށްފިއެވެ. އައިލެންޑް ޕާފިއުމް ބާ އިން އަމިއްލަ އަށް ޑިޒައިން ކޮށްފައިވާ "ޝިއު ޕާފިއުމް" ރަސްމީކޮށް ބާޒާރަށް ނެރެދިނީ ވެސް، ފިތުރު އީދާ ގުޅުވައިގެން އައިލެންޑް ޕާފިއުމް ބާގައި ރޭ ބޭއްވި ހަފްލާއެއްގައި ޝިއުއެވެ.

މިއީ ޕާފިއުމަރީ ނުވަތަ މިކަމުގެ ތައުލީމު ހާސިލުކޮށްގެން ތިބި އައިލެންޑް ޕާފިއުމް ބާގެ ޓީމުން ދިރާސާތައް ކުރުމަށްފަހު އުފައްދާފައިވާ، ކަނބަލުން ގަޔާވާ ވަހެއް ހުންނަ ސެންޓެކެވެ. މި ސެންޓުގައި ފްލޯރަލް އަދި ފްރުޓީ ވަސްތަކެއް އެކުލެވިގެންވެއެވެ. ސެންޓުގެ ވަސް ފަނޑުވަމުންދާއިރު ދެން ނުކުންނަނީ މަސްކް، އަދި ވުޑީ ވަސްތަކެވެ.

މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ރާއްޖެއަށް ހާއްސަކޮށްގެން ރާއްޖޭގެ ކުންފުންޏަކުން ތަޢާރަޕްކުރި ފުރަތަމަ ސެންޓެވެ. މީގެ ސެންޓުގެ އިތުރުން އަތަރު ވެސް ލިބެން ހުންނާނެ ކަމަށް އައިލެންޑް ޕާފިއުމް ބާއިން ބުނެއެވެ.

މިފަދަ އިތުރު އަމިއްލަ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށް ކައިރި މުސްތަގުބަލުގައި މާކެޓް ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިފަދަ ފަހި ފުރުސަތުތައް މަޝްހޫރު ޝަހުސިއްޔަތުންނަށް ހުޅުވިފައިވާ ކަމަށް ވެސް އައިލެންޑް ޕާފިއުމް ބާއިން ބުނެއެވެ.

ސެންޓަކީ އެ މީހަކު ބޭނުން ގޮތަކަށް ޖެހިދާނެ އެއްޗެކެވެ. އެކަމަކު މިއީ ވެސް ވަކި ވައްޓަފާޅިއެއް އޮންނަ ކަމެކެވެ. މިސާލަކަށް، ލާ އަންނައުނުގެ އިތުރުން ހަށިގަނޑުގެ ޕަލްސް ޕޮއިންޓްތަކަށް (ހަމުގެ ފަށަލައާ އެންމެ ކައިރިން ވިންދު ޖަހާ ދިމާތައް) ސެންޓު ޖެހުމަކީ އޭގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. ކޮންމެ މީހަކު ވެސް ބޭނުން ވާނީ ސެންޓުގެ ވަސް ވީހާ ވެސް ގިނަ ވަގުތު ދެމިހުރުމަށެވެ. މި ބުނާ ވައްޓަފާޅިއަށް ސެންޓު ޖެހުމަކީ، އޭގެ ވަސް ގިނައިރު ހިފަހައްޓައިދޭ ކަމެއް ކަމަށް މިކަމުގެ ތަޖުރިބާކާރުން ބުނެ އެވެ.

އައިލެންޑް ޕާފިއުމް ބާ އިން ދޭ ޔަގީންކަމަކީ، އެ ވައްޓަފާޅިއަށް އެ ތަނުން ވިއްކާ ސެންޓު ޖަހައިފި ނަމަ، 10-12 ގަޑިއިރަށް ވަސް ދެމިހުންނާނެކަމުގެ ޔަގީން ކަމެވެ.

އައިލެންޑް ޕާފިއުމް ބާއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް އަތަރު އަދި ސެންޓުތައް ވިއްކުމުގެ އިތުރުން އެކި ޕާފިއުމްތައް މިކްސް ކޮށްގެން އެ މީހަކަށް ކަމުދާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ސެންޓް ފިހާރައެކެވެ. މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާއެވެ.

ލޮނުޒިޔާރަތް މަގު، ކުރީގެ ޓާމިނަލް ކެފޭ ކައިރީ ހުންނަ އައިލެންޑް ޕާފިއުމް ބާ އަށް ޒިޔާރަތްކޮށްގެން އެކި ސެންޓުތަކުގެ ވަސް ޓެސްޓު ކޮށްލެވޭނެ އެވެ. އަދި އެ މީހަކު ބޭނުން ސެންޓެއް މިކްސް ކުރެވޭނެއެވެ. އަދި މިހާރު ކުރިއަށްދާ އައިލެންޑް ޕާފިއުމް ބާގެ ފިތުރު އީދުގެ ހާއްސަ ޕްރޮމޯޝަންގައިވެސް ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، އައިލެންޑް ޕާފިއުމް ބާ އިން ވިއްކާ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު، އެ ފިހާރައިގެ ވެބްސައިޓް އަދި އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެ އެވެ. އަދި 7558822 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ.