މިތުރަށް ޓަކައި ހިތުން އަޅެ އެރުވުނުތަ ހައިބަތެއް
އިތުބާރު ކުރި މިޟަޢިފަށް އެކަށޭ ޟިޔާފަތެއް
ކީ ރީތި މަރުހަބާ ގައި ކުރި ޒީނަތާ އެކީ
ދީލަތިކަމުން ތިބާ ފަހެ ހުޅުވިންތަ ފަހި އަތެއް
ގާނޫނު އުންމަތީގެ މިތުރު އަތުގުޅުންތަކުން
ހާސިލްވިބާ ތިބާ އަށް ފުދިދާނެ ރާހަތެއް
ފާއިތުވެ ދިޔަ ބަހާރީ މޫސުމުގެ ގަސްގަހުން
ސާބިތު ބިނިންތަ މޭވާ ނޫނީ މަލެއް ފަތެއް
ބައްޔަށް ސަލާމް ނިފާގުގެ ކޮށް މުހުސިނީހިތުން
ރައްޔާނު މާތްވި ހުޅުވަން ހޯދިންތަ ފުރުސަތެއް
އަގުބޮޑު މުޢާމަލާތުތަކުން ދިރުވި ރޭތަކުން
ތަޤުވާގެ މިލްކުވީ ބާ މަތިވެރިވި ބަރަކަތެއް
ރަޙުމަތުގެ ދޮރުކޮޅުން ވަދެ ފުއްސެވުކަށް ފަހުން
ފަހު ދިންނެވުން ލިބޭނޭ ލިޔެލިންތަ ހެޔޮ ފަތެއް
މިތުރާގެ މަރުހަބާ އާ ވަކިވީ ވަދާއު ގައި
ހިތުގައި ވަނީ އުފާހޭ ނޫނީ މަލާމަތެއް