"ވަކިވެގެން ތި ދަނީ މިތުރު، ދެލޮލުން ކަރުނަ އޮހޮރާފައޭ
ވަކިވުމު ގެކުރިއަށް އަދާނުވެ ދަރަނި ތައްވެސް ހުއްޓައޭ"
ކޮންމެ ރެއަކުމެ ފަޖުރުލީމާ އައިސް އެކީ ބައިވެރިވެގެން،
ކޮންމެ ދުވަހަކު މަޣްރިބާ ހަމަޔަށް އެކީގައި އުޅެފައޭ
ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުވެ، ދޭ ހަދިޔާ ތަކަށް،
އޮންނަނީ އެކަމަށް ޝުކުރުވެރި ވާނެ ފުރްސަތު ނެތިފައޭ
ތިން ދިހާގައި ތިން ދަރަޖައޮތް މައްސަރެއް ހަދިޔާ އަކަށް،
ދިން ފަދައިން ބޭނުން ނުކޮށް ޣާފިލް ކަމެއްގައި ތިއްބައޭ
ހާސް އަހަރުފަދަ އެއް ރެޔެއް އަޅުކަންކުރަންވީ ފުރްޞަތެއް
ހާސްވެގެން ފުރިހަމަ ނުކޮށް ތިއްބާ ފުރައިގެން ގޮސްފައޭ
"އަބަދު އެކުގައި އުޅެދިނުން މިތުރެއްގެ ގޮތުގައި އެދުނަކަސް،
އަހަރަކުން އެއް މަސްދުވަސް ނޫނީ ނެތޭވެސް ބުނެފައޭ"
ހާދަހެޔޮ މިތުރެއްކަމަށް ވީތީ، އެހީމޭ، ކޮން ނަމެއްތޯ،
"މާފަހުން ރަމަޟާންމަހޭ! ބުނިއިރު" އެމަސް ހުސްވެއްޖެއޭ
މާބޮޑަށް ވިސްނަންޖެހޭ ރަމަޟާން މަހަށް، ޣާފިލްވުމުން،
މާމޮޑަށް ކަންނެތް ވުމުން، ފުރުޞަތު ލިބުނު، ގެއްލިއްޖެއޭ