ރާގު: ވޮހ ޗާންދު ޗަމްކާ ވޮހނޫރު..
ފ. ކުރީގެ މާޒީ ހަނދާންވަނީއޭ
ހަނދާންތަކުން ހިތްމަގޭ ރޮއްވަނީއޭ
އ. އެ ރީތިރޭތަށް ހިތަށްވަނީއޭ
ކެރީގެ ވާރޭން ދެލޯ ތެންމަނީއޭ
އ. އަތުތެރޭ އަތްއަތާލާމެހޭ
ހިތުތެރޭ ހިތުގެ ބީހުން މެހޭ
ފ. މަޑުން މަޑުން ދެލޯމެރޭ ދެތުންފަތުން ސަނާ އޮހޭ
އެ ދަންވަރުން ސޫރަ ކުރަހާލަނީއޭ
ފ. ރާޅުތައް ސާހިލަށް ގޮނޑުކުރޭ
އ. ލޯބި އައްސޭރި އަށް މަޑުކުރޭ
ފ. ވަޔާ އެކީ ޖެހޭ އޮމާން
އ. ގަޔާވެގެން ދެހިތް އަމާން
ނަށާލި މަންޒަރު އަލުން އާވަނީއޭ