އަމަން ގެއްލުން ކަމަށް ވާނޭ ދިވެހިގޮތްތައް ނެތީވިއްޔާ
ޗަމަން ދިވެހީންގެ ފަރިވޭހޭ، ދިވެހިބަސް ނެތި ދަނީވިއްޔާ
ޅަނދޮޅު ގަސްތައް ދިވެހިބިމުގައި ފަޅައިގެން ފޯދެމުންދާއިރު
ވަނދަށް މޭވާ ވަނީ ދޭސީބި ކާދުން ފެން އެޅީވިއްޔާ
ޖެހޭ އިރު ރޯޅިޔާ ހެލިލަން ދިވެހިރުކު ފަންވަތަށް ފުރުޞަތު
ސިހޭންފަށައޭ، ލިބުނު ނަމަވެސް، "ޓްރީ، ލީފާ" ފަޅައިފިއްޔާ
ކިލާ ބަހުގައި ޖަހަންފެށުމުން ބަހަށް ދޫތައް ފަރިތަނުވެފައި
"ކުލައުޑީ" އޭވަނީ، ބަހުގައި ވިލާ ގެއްލެން ފަށައިފިއްޔާ
ސިނކުޑިތަކުގައި ނެތީމާ ބަސްކޮށާރާ ބަހުގެ ހަމަތައްވެސް
ފިކުރު ހިންގާން އެދޭނޭ ހިތް، ބަހުގެ ހާލަތު ބަލައިފިއްޔާ
ބަވަނަ އޮއިގައި އޮޔާދާ ކާށިތައް ހޮވަމުން ދިވެހިބިމުގައި
ގޮވާންކުރުމުން ދިވެހިބަސް ބިކަވަނީ، ހޭލާ ދިވެހި ދަރިޔާ