Support Us

ދިވެހި ބަހުގެ ދުވަސް

"ދިވެހިބަހުގެ ދުވަސް" އަޔަކަސް ނެތޭ އުފަލެއްލިބެން ހިތަކަށް
ދިވެހި ޤައުމުން ނެތޭ ފެންނާކަށެއް ކުރިމަގު ދިވެހި ބަހަކަށް

ފެށޭ ޢުމްރުގެ ޒުވާނުންނާ މިޖީލުން ފެންނަ ކާބަފައިން
ދެވޭ ލޯތްބާއި ޤަދަރެއް، ޢަމްދަކުން ނުފެނޭ ދިވެހި ބަހަކަށް

ނެތޭ އެއްވެސް އޮފީހެއް ކުލަބު ޖަމްޢިއްޔާ ޖަމާޢަތަކަސް
ނެތޭ އެއްވެސް މަގާމުގެ ދަރަޖައެއް ދެވިފާ ދިވެހި ބަހަކަށް

ލިޔާ ރަސްމީ ނުރަސްމީއެއް ކިޔާ ނުކިޔާ އެކައްޗެއް ވެސް،
ލިޔާ ލިޔުމާ ކިޔާ ކިޔުމުން ނެތޭ ޝައުގެއް ދިވެހި ބަހަކަށް

ކިޔަންހުރި ނޫސް މަޖައްލާޔާ އަހަންހުރި މީޑިޔާތައް ވެސް
މިއަށްވުރެ ހާލު އަދި މާދެރަ! ނެތޭ ރަނގަޅެއް ދިވެހި ބަހަކަށް

ނެރޭ ގެޒެޓާއި، ދެންެނެވުމާ، ނެރޭ އިޢްލާނު، ނަން ބޯޑުން،
އެނގޭ ބެލުމުން، ސަމާލުކަމެއް ނެތޭ ދެވިފާ ދިވެހި ބަހަކަށް

ލިޔާއިރު ވިސްނަނީ އިނގިރޭސިބަސް ނުބައެއް ވެދާނޭތީ
ލިޔާއިރު، ހެޔޮ! ނުބައިވިޔަކަސް ނެތޭ ޤަދަރެއް ދިވެހި ބަހަކަށް

ނެތޭ މިބަހުން ހަދާ "ޑިގްރީގެ ބާޒާރެއް މިގައުމެއް ގައި"
ނެތޭ އެއްވެސް މަގާމެއް ޚާއްޞަ ޤަދަރެއްދޭ ދިވެހި ބަހަކަށް

ދިވެހި މަޔަކާއި، އަދި ބަފަޔަށް އުފަންވާ ދިވެހި ދަރިޔެއްވެސް
ދިވެހި މާދަރީ ބަހެއް ގޮތުގައި ބަލާކަށް ނެތް! ދިވެހި ބަހަކަށް

"ދިވެހި ބަހަކަށް ދެވޭ އެއްޗެއް ދިވެހިބަހަކަށް ލިބޭ ބަޖެޓެއް،
ދިވެހި ސަރުކާރަކުންވެސް ނެތް، ދެވޭ ގަދަރެއް ދިވެހި ބަހަކަށް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *