Support Us

އޮވެދާނެ ސިއްރެއް ފޮރުވިފައި

ކޮންމެ ވާ ހިނިތުންވުމެއް އުފަލެއްކަމަށް ނުވެދާނެއޭ
ކޮންމެވެސް އަސަރެއް އެހެން އޭގައި ހިމެނި އޮވެދާނެއޭ

ލޯބިތޯ ނޫނީ އެއީ ނަފުރަތުގެ ތޯ ހިނިތުންވުމެއް
ހޯދުމަށް ފަހަރުގަ ފަސޭހަ ބަލާ ލޮލަށް ނުވެދާނެއޭ

އުފަލުގައި ވެސް ވޭނުގައި ވެސް ކަރުނަ ހިލެނީ އެއްމަގުން
އެފަދަ ކަރުނައިގާ ހަގީގަތް ވާ ނުވެސް އެނގިދާނެއޭ

ފެންނަހާ މޫނުން ފެވޭ ކުލަ އެއްގޮތޭ ހަމަ ހީވިއަސް
ފެންނަ ވިސްނުންތެރި ލޮލަށް ފަރަގެއް އެއިން ފެނިދާނެއޭ

ބަސްބުނާ މީހާގެ މޫނާ ބަސްމަގާ ގުޅުވާލިއަސް
ގަސްދުކުރެވޭ މާނަ ބަދަލުވެ އެކިގޮތަށް އޮވެދާނެއޭ

އެފަދަ އެކި ވާހަކަތަކުން މީހުންގެ ހިތް ހައްލާލައޭ
އެފަދަ ވަގުތަށް ހިތުގެ ލަގަނުން ހިތް ހިމޭން ވެވިދާނެއޭ

މިތުރުވެރި ކުލައާ އަމާން އަދި ހަތުރުވެރި ނާމާން ކަމާ
ފިޠުރަތުގެ މެޝިނުން ހަގީގަތް ރީތިކޮށް ބެލިދާނެއޭ

ނޫރު ނެތް ދުވަހާއި ހުރި ދުވަހާއި ކުރިމަތި ވާނެއޭ
ރޫޙު ނެތްނަމަ މުޅި ހަޔާތުން މީރުކަން ނެތިދާނެއޭ

ހިތް މަގޭ އެކަނިން އެކަނިވެލުމީ އަޖާއިބު ހާލަތެއް
ހިތް ހަނދާނުގެ ކާނިވަލަކަށް އެހިނދު ސިފަވެވިދާނެއޭ

ދުނިޔެއާ އުންމީދުތައް ހުރިހާ އެ ހިތް ދޫކޮށްލިއަސް
އުނި ނުވާހެން ހިތުގެ މަހެފިލް ދިރި އަބަދު އޮވެދާނެއޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *