ހަރަކާތުގާ ހަންމުށިއަޅާށޭ އޭގެ ނަމަ ހުރި ބާރަކަށް
ބަރަކާތުގައި ދެވަރެއް ނެތޭ ބެއްސެވުމުގައި އަސްވާރަކަށް
މައްސަރުގެ މަގުތައް ނުއޮޅުވާ ގަސްދުގެ ރިވެތި އޮތް ފައުޅުވާ
މިސްރާބުތައް ސީދާކުރޭ އިއްޒަތުގެ ރަސް ދަރުބާރަކަށް
ޢަފުވާއި ފުއްސެވުމުން އޮހޭ ރަޙުމަތުގެ ދީލަތި ފެންވެހޭ
ނަފުސާއި ހިތް ޒީނަތްކުރޭ ހުޅުވާލެވޭ ކަންވާރަކަށް
ޤަދުރުގެ ވިލޭރޭގައި ހޮވޭ އަޖުރުގެ މުތީން އަމުނާލެވޭ
ކަނދުރާ ލަނބާލާ ފަހިކުރޭ ތަޤުވާގެ މޮޅު ރަންހާރަކަށް
ރައްޔާނު އެބަވޭ ހުޅުވިފާ ވަންނާށަ މަގުހެޔޮ ފަހިވެފާ
ތައްޔާރުގައި ހޭލާ ހުރޭ ކަށަވަރުވެވޭ އިތުބާރަކަށް