ހިތި ފޮނި އޮޅޭ ހާވެސް ޅަފަތު އެހިތަށް މިހިތް ޤުރުބާންވިއޭ
ހިތަކަށް އަސަރު ނުކުރާހިތެއް ފެނުމުންމިހިތް ޙައިރާންވިއޭ
އަލަތަށް ވެވުނު ލޯބީގެނަން މިހިތުން ފިލާނެގޮތެއް ނެތަސް
ލޮލަކަށް ކަރުނަ ނޭނގޭ ލޮލެއް ހުރެދާނެކަން ކަށަވަރުވިއޭ
ވަލަކަށް ފިލާ އިނދެ ފަރިވިއަސް ފިޔަތައް ބޮނދާ އިނދެ ހުޅުވިއަސް
މަލަކަށް ކޮކާ ނޭނގޭ މަލެއް، ނުފޮޅޭނެހެން އެބަ ހީވެއޭ
ހިލެމުން އެއައި ފިނި ކަރުނައިން އަހަރެންގެ ހިތް ގަނޑުވީ ވަޤުތު
ދުލަކަށް ލަފުޒު ނޭނގޭ ދުލެއް އޮތްކަން އެހިނދު ސާބިތުވިއޭ
ދަމަކަށް އަރާފައި އޮއްސުނަސް ، އަދި މާދަމާ އަންނާނެތީ
ބިމަކަށް އިރެއް ނާރާ ބިމެއް ނޯންނާނެޔޭ ހިތް ބުނެލިއޭ
ތަކުރާރުކޮށް އަނިޔާ ވިޔަސް އަނެކާގެ ހިތް ކުދިކުދިވިއަސް
ސިކުނޑީގެ ތެތްކަންނެތް ސިނކުޑި ވިސްނާނެބާއޭ ހީވިއޭ