ނުވީދޭ ނެތޭ އެންމެ ކުޑަ ފޮތިފުކެއް ވެސް
މިވީ ބަރަހަނާވާން ނުދޫކޮށް އެކެއްވެސް
އަބުރުވެރިކަމުންލީ ގަދަރުވެރި އެ ފޭރާން
ދަބަރުޖެހި ވަނީ ހަޑިވެ އަރިއާ ބަދަން ވެސް
އިހަށް ހުކުރުދުހު ލީ އެ ހުދު ރީތި ޖުއްބާ
ކިހައްޑިއަ ބުރާ ލައް ޖެހިއްޖޭ މުޅިން ވެސް
ވަޒީރުންގެ ހައިއަތުގެ ގިރުވާން ކިނާރީ
ކަނީޒުންގެ ފައިިދަށުވަނީ ނެތި އަގެއް ވެސް
ވެރީންނާ ރަހުންނަށް ފަށުވި ޚާއްސަ ފޭރާން
ދަރީން އަގުނުކުރެއޭ ސުތުލި ގޯންޏަކަށް ވެސް
ޤުޟާތުންގެ ޤާޟީންގެ އެޅި ބިޝްތު ފައްޓާ
ފުލޯކެއް ފަދައިން ވެއްޖެ އާސާރަކަށް ވެސް
ކުށަށް ނުރުހި ލަދުވެތި ވެގެން އުޅުނު އެދުވަސް
ފުށުން ޖެހި ކުށަށް ލޯބި ޖެހެނީ ޖެހެން ވެސް
ޒުވާންކަމުގެ އުންމީދު ގައި އޮތް ޒަމާން ވެސް
އަވާމެންދުރެއް ހެން އަތަކު ނެތް ޖާން ވެސް
މި ދީބުން މިއީ ފެންނަ ފަހެ ހުވަފެނެއްހޭ
ނިދީގައި އޮތީމާ މަށަށް ހަމަ އެކަނި ވެސް