ޢަދުލުވެރި ނިންމުމެއް ނިންމުން އެއީ އަހަރެން އެދޭ އެދުމޭ
އަދުގެ އާދޭހަކީ ތިޔަ ހިތް މަށަށް އަގަކަށްވިޔަސް ދިނުމޭ
މި ލޯބީގައި ދިވާނާވީ ހިތުން އާވާ ހަނދާންތަކުގައި
ދެލޯ ނުނިދާ ކުރާކަމަކީ ފޮޓޯއަށް ތިޔަ އަބަދު ބެލުމޭ
ދުލުން ބުނެ ހާމަނުކުރެވުނަސް މި ހިތް ބޭނުންވަނީ އަދިވެސް
އަލުން ތަކުރާރުކޮށް މާޒީގެ ސަރަޙައްދަށް އެނބުރި ދިޔުމޭ
ނެތަސް ބައްދަލުވެވެން އެގޮތަށްް، މި ނާޒުކު ޙިއްސުތައް އެދެނީ
ފޮތަށް ލައި އޭރު ހަދިޔާކުރި މަލުގެ ވަސް ނޭވަޔާ ގުޅުމޭ
ރިހޭ ރިހުމާއެކީ ދެލޮލަށް ޖަމާވާ ކަރުނަތައް ރަނގަޅީ
ވެހޭ ވާރޭ ފަދައިން ދެލޮލުން ކަލާއަށް ފެންނަހެން އޮހުމޭ
ވަރަށް ގިނަގުނަ ޝިކާޔަތުތައް ކުރަން ބޭނުންވެފައި ހުއްޓަސް
ކުރަން އަދި ދަސްވެނެތްކަމަކީ ހިތުގެ ކެކުޅުން ބަޔާންކުރުމޭ
ހަލާކުވެ ރޫޅިގެން މުޅި ހިތް ބިކަވެ ނުދަނީސް އޮތީ އަވަހަށް
ކަލާ ތިޔަ ދިރިއުޅޭ ސަހަރަަށް ވަޒަންދޫކޮށް ހިޖުރަކުރުމޭ