Support Us

މެކުނު ފުމުނަސް…

އުޖޫރަ ލިބޭ ގޮތަށް ޢީސާ ވަރަށް ގިނަ ކެޔޮވަޅޭ ކޮނުނީ
ވުޖޫދުވެ ވަޅުތަކެއް ހުރުމުން ފަސޭހަ ކަމެއްކަމަށް ފެނުނީ

ލިބޭ ނަފަޔާ އުޅޭ ފާގަތި ޙަޔާތް ޢީސާގެ ދިރިއުޅުމުން
ތިބޭއިރުގައި އެތަން ފެނިގެން އެކަން ކުރުމަށް ޢަލީ އުޅުނީ

އުދައްޔާ ކައްޓި ހޯދައިގެން ފެށީ އެ މަސައްކަތޭ އެފަހުން
ގުދަށް އޮވެގެން މިކަން ކުރުމުން ހަކަތަ ނެތިދާތަނޭ ފެނުނީ

ދުވާލަކު އެންމެ ސައްތައަކަށް ވަޅެއް ކޮނެވެސް ނުނިންމޭއިރު
ދުވާލަކު ފަސް ވަޅެއް ކޮނެގެން ނަފާ ޢީސާ އެއޮއް ނަގަނީ

ގެޔަށް ދާހިނދު ހަވީރުވުމުން ނަތީޖާއެއް ނުފެނި އޮތަކަސް
މެޔަށް އަދި އުނަގަނޑަށް ހޭހަންކުރާން އަނބިގޮއްޔެއަށް ޖެހެނީ

އެހެން ދުވަހަކު ވަޅެއް ކޮންނަން ވަރަށް ބާރަށް އުދަލި ތިލައިން-
ޖަހަން އުޅުމުން އަތުގެ އިނގިލިން ނަގާ ފޮޅުތައް ނަގައި ފެޅެނީ

މެކުނު ފުމުމުން ތިމާއަށް ވެސް ފުމެވިދާނޭ ކަމަށް ހީކޮށް
ދެކުނު ހިބަކޮށް ދިނަސް ބަޔަކަށް ނުވެސް ފުމެވޭކަމޭ އެނގުނީ

ތިމާއަށް ތަޖުރިބާ ހުނަރާ ނުލިބެނީސް ކަން ކުރާން އުޅުމުން
"އިމާމުން" ކަންކުރާ ފަދައިން ނުވާނެ ކަމޭ ފަޅައި އަރަނީ

ކަމެއް މީހަކު މޮޅަށް ކުރިޔަސް ތިމާއަށް ހުނަރު ލިބި ނެތުމުން
ހަމެއް ދާއިރު އެކަން ނުވުމުން މިއިން ވެސް ޢިބުރަތޭ ލިބެނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *