Support Us

މިއޮތީ ފޯރިގަނޑެއް- ޓްވީޓާއެކު މައުމޫނު ހޫނުފެނަށް!

މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ވެސް ރައީސް މައުމޫން އަބްދުލްގައްޔޫމު ގެންދަވަނީ ހިކުމަތްތެރި ބަސްކޮޅެއް ޓްވީޓް ކުރައްވަމުންނެވެ. މި ގޮތުން މިއަދުގެ ޓްވީޓުގައިވެއެވެ. "ޙިކްމަތުގެ ބަސް 3: އެއްވެސް އިސްތިސްނާ އެއް ނެތި އެންމެންނަށް ވެސް ހެޔޮކޮށް ހިތާށެވެ!"

މައުމޫނުގެ މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ދަނީ ހުދުމުހުތާރު ރަން ތިރީސް އަހަރުގެ ސަފުހާތައް ހުޅުވާލައި، މައުމޫނަށް ބަހުގެ ރައްދު ހަމަލާތައް ފުލުފުލުގައި ދެމުންނެވެ.

"އެހެންވެދޯ ތިރީސް އަހަރު ވާންދެން މީހުން އަދަގޮނޑިޖަހާ ދައުލަތުގެ ޚަޒާނާ ހިތުހުރި ގޮތަކަށް ބޭނުންކޮށް ހެދީ. އަމަލާއި ބަސް ދިމާނުވާ މީހުންނަށް ކިޔާއުޅެނީ މުނާފިގު،" އެކަކު ބުނެފައިވެއެވެ.

"އެހެންވީމަތާ 30 އަހަރުގެ ވެރިކަން ނިމިނު އިރުވެސް ރައްޔިތުންނާމެދު އިސްތިސްނާ ވެފާނެތީ!" އެހެން މީހަކު ބުނެފައިވެއެވެ.

"އެހެންވީރު އެއްބަފާ ކޮށްކޯފުޅަށް ޖަލުގައި ތިޔަދެމުންދާ އަނިޔާތަކަށް ލުޔެއްދެއްވާ ރަމަޟާންމަހު ޢާއިލާއާއެކު ހޭދަކޮށްލެވޭވަރު ކޮށްލަދެއްވަންވީ ނޫންތޯ. ތިޔަ ހިތްޕުޅުގައި އަނދަމުންދާ ބަދަލުހިފުމުގެ އަލިފާންގަނޑު ފިނިވާނީ ކިހާވަރެއް ކުރެއްވުނީމަތޯ،" އެކަކު ބުނެފައިވެއެވެ.

އެހެން މީހަކު ބުނެފައި ވެއެވެ. "މައުމޫނުގެ ވެރިކަމުގައި ވަރަށް ތަފާތުކޮށް ވަރަށް އަނިޔާ ލިބިފައި މި ތިބީ. ހިކުމަތުގެ ބަސް ވިދާޅުވަނީ އޭރު މިކަންކަމަށް ނުވިސްނޭތީތޯ؟"

ތިރީގައި މި ވަނީ މައުމޫނުގެ ޓްވީޓާއި އެއަށް ރައްދު ދީފައިވާ ބައެއް މީހުންގެ ޓްވީޓުތަކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *