Support Us

ވުޟޫކުރަން ހުރި ކުޑަކުއްޖާ

ވުޟޫ ކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަނަށް ހުކުރަށް، ވުޟޫ ކޮށްލުމަށް އަހަރެން ދިޔައީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އިސްކުރު ބަރީގެ ކައިރީގައި ހުރި ތުއްތު ކުއްޖެކެވެ.

އެއީ ތުއްތު ކުއްޖަކަށް ވެފައި ފެނުން ސަކަރާތް ޖަހަނީ ކަމަށް ހީކޮށް އަހަރެން އެ ކުއްޖާއާ ކައިރިވެލީމެވެ. ހައިރާންކުރުވި ކަމީ، އެކުއްޖާ ވަރަށް ފަރުވާތެރިކަމާ އެކު ވުޟޫކުރަމުން ވަރަށް ބާރަށް "އެކެއް… ދޭއް… ތިނެއް…" މިހެން ކިޔަމުން ދިޔުމުންނެވެ. އެހެންވެ އެކުއްޖާ ވުޟޫކޮށް ނިމެންދެން މަޑުކޮށްލީމެވެ.

ވުޟޫ ކޮށް ނިމުމުން ކައިރިވެ އަހަރެން ބުނީމެވެ. "މާޝާއﷲ، ކޮއްކޮ ވުޟޫކުރިލެއް ވަރަށް ފުރިހަމައެވެ."

ކުއްޖާ ބުންޏެވެ. "ވުޟޫ ކުރުމީ އަޅުގަނޑަށް ވަރަށް ވެސް ފަސޭހަ ކަމެކެވެ. އެކަމުގައި އަޅުގަނޑަށް އެއްވެސް އޮޅުމެއް ނާރައެވެ. އެކަމަކު ދެރަވަނީ ބޭބެމެންނާ އެކު އިސް ސަފުގައި ނަމާދު ކުރުމަށް ދިޔުމުން، ފަހަތު ސަފުތަކުގައި ނަމާދު ކުރުމަށް ބައެއް ބޭބެމެން އަޅުގަނޑު ގާތުގައި ބުނާތީއެވެ! އެއީ އަޅުގަނޑަކީ ކުޑަ ކުއްޖެއް ކަމުގައި ވާތީ އެވެ. އަޅުގަނޑުގެ އެކުވެރިން ސަކަރާތް ޖެހިނަމަވެސް އަޅުގަނޑު ސަކަރާތެއް ނުޖަހަމެވެ. އަޅުގަނޑު ބޭނުމީ ހަމަ އެކަނި ނަމާދު ކުރާށެވެ."

އަހަރެން ބުނީމެވެ. "ކޮއްކޮގެ ބައްޕައާ އެކު ނަމާދު ކުރުމަށް އަންނާށެވެ."

ކުއްޖާ ބުންޏެވެ: "ބައްޕަ އަޅުގަނޑުމެން ދޫކޮށް ހިނގައްޖެއެވެ! މިސްކިތަށް އައީ މަންމައާ އެކުގައެވެ. މަންމަ ބުނުއްވީ މަންމަ ނަމާދު ކުރާނީ އަންހެނުންގެ މުޞައްލައިގައި ކަމަށެވެ. (އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ބައި) އަދި ބުނުއްވިއެވެ. އަޅުގަނޑު ބައްޕައަށް ހެޔޮ ދުޢާ ކޮށްދީ ބަރާބަރަށް ނަމާދު އަދާކޮށްފިނަމަ، ވަރަށް ރީތި ތަނެއްގައި ބައްޕައާ ބައްދަލުވާނެއެވެ."

ލޮބުވެތި ކިޔުންތެރިންނޭވެ! މިއީ ދީންވެރި ކަނބަލުން އެކަނބަލުންގެ ދަރިން ތަރުބިއްޔަތު ކުރާ ގޮތެވެ! ޔާ الله އަޅަމެންނަކީ އަޅަމެންގެ ދަރިންނާމެދު ރައްކާތެރިވާ، އަދި ރަނގަޅު ތަރުބިއްޔަތެއްދޭ ބައެއް ކަމުގައި ލައްވާށިއެވެ! އާމީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *