މޭގެ ގުއްރާހުން އެކީ އެކި ބާބުތައް ރޫޅިއްޖެއޭ
އޭގެ ހީރާހުން ނިއުޅި ގަނޑުތައް އެކީ ވަކިވެއްޖެއޭ
ލިޔުނު ސޮފުހާތައް ހިތުން އޮހޮރުނު ލެއިން އެހިތަށް ޓަކާ
ކިޔުނު ވާހަކަ އަލިފުލައިލާ ހެން ފުލޯކަށް ވެއްޖެއޭ
ވައުދުތައް ކުރި ކުލަފޮޓޯތައް ކުރެހިހާ ގަނޑުތައް އޮމާން
ދައުވަތަށް އިރުއޮއްސުމުގެ އައި އުދަރެހެއް ހެން ވެއްޖެއޭ
ނޭވައާ ނޭވާ ގުޅައިދިން އެއް އަމާޒީ ހޫނަކަށް
ހޭނަކަތު ވައިރޯޅިއެއް ހެން ތެތްފިނިން ބަރުވެއްޖެއޭ
ކުލުނުވެރި ކަންވާރުތައް ފުރިހާ ވަފާތެރި މަސްދަރުން
ފުލުގެ ވެސް އަޑިއާ އެކީ ބަންޑުންވެގެން ހުސްވެއްޖެއޭ
ލޮލުގެ ނަޒަރަށް ހީވި ހަސްތީ އަލި ދިރޭރަހަ ހެން އޮހޭ
ބޮލުގެ ހަމައިން ތެލުގެ ތަތް ތާސީރު ކަމުގާ ވެއްޖެއޭ