"މިގައުމުގެ ބޮޑެތި މީހުންނަށް އެކަނި" ދައްކަންޖެހޭ ފިލްމެއް
މިގައުމުގެ އެންމެ ބޮޑު ސިނަމައިން ކުޅޭ ބޮޑު އިސްކްރީން ފިލްމެއް
މިފިލްމުގެ ޑައިލޮގުން ކިޔަމުންދަނީ ހަޑި ހުތުރު ބަހުރަވައެއް،
މިފިލްމުން ކުޅެދެމުން އެދަނީ، ވަގުން ކުޅަ "ވައްކަމުގެ ސީނެއް"
މިފިލްމުން އެންމެ ހެއްވާ ޖޯކު ކަމަކަށް ފެންނަމުން މިދަނީ
މިގައުމުގެ އިސްވަގުންގެ ދުލުން، ވަގަށް ގޮވަމުން އެދާ ގޮވުމެއް
ދޮގާ މަކަރާއި ވައްކަން އަދި ކޮރަޕްޝަން، ޢާއްމުކޮށް ދީފައި،
ކުރާ ވައްކަމުގެ "ބިތުފަން ނެގި" އެކީ އޮރިޔާންވެދާ ފިލްމެއް
ނިކަން ޢިއްޒަތްތެރިން ގޮތުގައި، ތިބޭނީ "ތޮށިގަނޑެއްގެ ތެރޭ"
ހިތަށްއެރިހާ ކަމެއް ކޮށްފައި ފިލަން ގޮސް ވަންނަ ސިނަމާއެއް
ކަރާޓީވެސް ކުޅުން އޮވެފައި، ނަށައި، ދުންމާރިވެސް ފުމެފައި،
ވަރަށް މުޑުދާރު މަންޒަރުތައް ބަލާއިރު ފެންނަ މީ ފިލްމެއް
މި ފިލްމުގެ ބަތަލުނާ ބަތަލާއިން ކުޅޭ ހަޑިހުތުރު ރޯލުތަކުން
މިޖީލުގެ ކުދި ދަރިންނަށްމީ ދެވޭ ނުރަނގަޅު ނުބައި މެސެޖެއް
