ގައުމެއްގެ ނިސްބަތުގައި ވެވޭ އިންވެސްޓެކޭ ހަމަ އަންހެނުން
ގައުމެއްގެ ހިއްސާ އެންމެ ބޮޑު އިންސައްތައީ ވެސް އަންހެނުން
ދިރިއުޅުމުގައި މުޅި ކުރިމަގަށް ދިރުމާއި އާރޯކަން ވަނީ
ދިރި އުޅުމުގައި ބައިވެރިވެގެން އެކުގައި އުޅޭތީ އަންހެނުން
ދަރިފަސްކޮޅެއްވެސް އުފެދިގެން ހެޔޮކަންމަތީގައި ބޮޑުވަނީ
ފައި ހަމަކުރާތީ ފިރިހެނުން ސަފުގައި ޔަގީނޭ އަންހެނުން
މުދަލާއި ފައިސާއާއި އަދި ގެދޮރާ ޙިމާޔަތްކޮށް ދެމުން،
އުފަލާ އަރާމާ ހަމަޖެހުން ހޯދައި ދެނީވެސް އަންހެނުން
މުއްސަނދިކަމާ ތަނަވަސްކަމުގެ ފުރިހަމަ ޙަގީގީ ސިއްރަކީ
މުއްސަނދިވުމުގެ މަގުދެއްކުމަށް ތިބުމުން އެކީގައި އަންހެނުން
ދިރިއުޅުމުގައި ދިރިހުރުމުގައި އުފަލެއް ނެތޭ ހަމަ ލިބިފައެއް،
ހިނިތުންވެ އޯގާތެރި އަތުން ފިރުމައި ނުދޭނަމަ އަންހެނުން
މުސްތަޤްބަލުގެ އުއްމީދަކީ މަތިވެރި ޙަޔާތުގެ ދިރުމަކީ،
"ހުސް އަތްތަކަށް ހުރި ރިޒްގަކީ" މުސްލިމް ވަފާތެރި އަންހެނުން
ދުނިޔޭން ލިބޭނޭ އެންމެބޮޑު އުފަލާ އަރާމާ ނިޢްމަތެއް،
ފުރިހަމަ ކުރަން ބޭނުންވަނީ ޞާލިޙް ވަފާތެރި އަންހެނުން
