ރީތިކޮށް އޮތް ގައުމެކޭ މީ ކީއްވެހޭ ހޯބޯ ކުރީ
ވީތަ ނުބުނާން ޗުއްޕު ވެސް އޮތަކަސް މިވާހަކަ ދުލުކުރީ
އިޢުތިޤާދުގެ ރަންތަރާދަށް ބާދަގަނޑު ދަބަރީ އަޅައި
ގިއުގަނޑުން ފަހެ ބޭރުވާންހޭ ހުތުރު ލޭންދޭންތައް ކުރީ
ފައިމަތީގައި ތެދުވެގެން ތިބެ ދާ ބައަކު ކުރިއަށް ހިނގާ
މައިކަށީގައި ބާރު ހުއްޓާ ކީއްވެހޭ ބޯ ގުދުކުރީ
ކެތްތެރީންގެ ހެދުން އަޅައިގެން ދުއްތުރާތައް މަތިކުރާން
ހިތްތަކަށް ވިހަލާށަ ތިބެގެން ގަސްދުގާ އެ ދިމާކުރީ
ހެޔޮނުބައި ވެސް ނޭގެނީ ބާއޭ މިތިބަ މަރުމޯލުނަށް
ތެޔޮހަމޭ ގައިން ދުއްވަނީ ތިޔަ ގޮނޑިބަރީ ތިބެގެން ކުރީ
ދެރަވެއޭ ލަދުވެސްގަނޭ އަދި ބިރުގަނޭ މިދުވަސް ދެކޭން
ވެރިކަމެއް ގައި ބަގުޑިބައްދަން ހޭ މިހުރިހާ ކުށްކުރީ
ދެން ކޮބައިހޭ ވަކި މިއަށްވުރެ ބޮޑު ޚިޔާނާތެއް ވެވޭން
ފެންނަހެން ސީދާ ދިމާއަށް ގައުމެކޭ މި ފަނާކުރީ