(އަމިއްލަ ރާގަކަށް ހަދައިފައި)
ހިންގަން ނުއެނގި ދުނބުރީ ގުދާ ބިންގަނޑު ނުބައިކުރެތެ މޮޔަ ފުޅާ
ށުންގައެ އިލޮޅި ބާޒެކެ ހިތާ، ސިންގާސަނާ ހިތުލަޔެ ބުޅާ
ސިންގާސަނާ ހިތުލަޔެ ބުޅާ
ސަންގެއް ބެރެއްދަން ނޭނގުނަސް، ބަންގީގެ އަޑު އިވި ހާރު ކާން
އަންގާނެ ތާވަލު ހަމަކުރަން ޒަންގީ މަގަށް ހިނގި ގަޑިފުޅާ
ސިންގާސަނާ ހިތުލަޔެ ބުޅާ
ފަންގިން ގެދޮރު ހެދުމަށް ގޮވައި، ފެން ގަރުދިޔައިން ފުއްދަން ބުނާ
ބަންގުން ޒުވާނުން ވަކިކުރަން ކަން ގައިމު ނުވެޔެ އެ ކަން، ފުޅާ!
ސިންގާސަނާ ހިތުލަޔެ ބުޅާ
ޑަންގީ ފަތޭރަހުމާނު ނައު ބަންގާޅު ކަނޑު ދުއްވަން އަރައި
ތުންގާ ފަރަށް އޮޑި މުޑިއަރައި، ހުންގާނު ދަންމާނު ވެށި އޮޅައި
ސިންގާސަނާ ހިތުލަޔެ ބުޅާ
މުންގައު ތިނެއް ބާރުވި ފަނާ މުންގައި ޒިޔާރަތް އެރުވިތާ
ތިންގައު ބިނދެންދެން ހައިނުކޮށް ގޮންގަނޑު ދެގެރި ގަދަޔަށް ތަޅާ
ސިންގާސަނާ ހިތުލަޔެ ބުޅާ