ކޮންމެ ޙާލެއްގައިވިޔަސް ދެން ވެސް އޮޮތީ ކެތްތެރިވުމޭ
ކޮންމެ ވޭނެއްވެސް އެއީ އުފަލެއްކަމަށް ހީކޮށްލުމޭ
***
މާދަމާ ކަން ވާނެގޮތް ނޭނގޭ ޙަޔާތުގެ އަޒުމަކީ
ވާދައަށް މުޅި ދުނިޔެ ނުކުތަސް ފަސްނުޖެހި ކުރިމަތިލުމޭ
އަންނަ ހިނދު ދުނިޔޭގެ ލޯ ދެކެލަން މިއަދު އޮތް ހާލު ހިތް
ދަންނަ ބީދައިން ކަރުނަ ފޮރުވަން އޮތް ގޮތީ ހިނިތުންވުމޭ
ހިތުގެ ތުނިފަރުދާގެ ނިވަލަަށް ޒަޚަމުތައް ލައި، ބޭނުމީ
މިތުރަކަށްވެސް ޚަބަރުނުމެކޮށް އެކަނި ހާލާ ރޮއިލުމޭ
އަތުގެ ނުފުށުން ކަރުނަ ފޮހެލާ، ހިތުގެ ނިންމުމަކަށްވަނީ
ހިތުގެ ހާސްކަން އިތުރުކުރުވާފިކުރުތައް ދޫކޮށްލުމޭ
ކޮންމެވެސް އެއް ދުވަހަކުން މަންޒަރު ބަދަލުވާނޭ ދެކޭ
އެންމެ އިސްކަމަކީ މިއަދު އުންމީދުތައް އާކޮށްލުމޭ
އުނިވިޔަސް ކަންތައްތަކެއް، ކަނޑައެޅުނު މަޤުޞަދަކަށް ހެދީ
ދުނިޔެމީ ހަމަ ދުނިޔެކަން ދަނެ ދުނިޔެއަށް ހިތް ހޭނުމޭ