ވަފާތެރިކަމާ އެކު ތިބާ ހުރެބަލާ
ތަފާތެއް ނުކޮށް ހިތް ހިމޭންކޮށްބަލާ
ދުރާ ކައިރިއާ އެއްފަދައިން އެބަހުރީން
ކުރާ ޝައްކުތައް ތިޔަ ހިތުން ނެރެބަލާ
ފުރާވަރުގެ ގަހުގާ ފޮޅުނު މާ އެއީ
ފުރާނައިގެ ކާނާ ކަމަށް ދެކެބަލާ
މެލާމެލިތަކުންމާ ނިކަން ފަރިވެފާ
ވެލާ އަލި ޒަމާން އޮތް ހަނދާންކޮށްބަލާ
ހިތެއްގައި މަގޭ ނެތް އެހެން ސޫރައެއް
މިކަން ހެޔޮހިތުން އަޅެ ޔަގީންކޮށްބަލާ
ފިތުންތައް ފިތޭހިނދު ކެތުން ފޯރުވާ
ހިތުން ހިތުގެ ހަދިޔާ ހިތަށް ދީބަލާ
ގުނާއެއް ނުވާ ދުނިޔެއެއް ގައި ތިބާ
މުނާޖާގެ ތަށި މީރު ދެން ބޮއިބަލާ