ބަލިވެއްޖެ ހިތް އަނިޔާނުދޭށޭ ތިޔަ ގޮތަށް
ފަލިނެތްޖެހެން ހިތްވަރުނެތީމަ ސަލާމަތަށް
ހުސްވެއްޖެގޮތް، ހުރުމޭ އޮތީ ފިޔަވަޅުމަތީ
އުސްފާލަމުން ވެއްޓޭނެޔޭ ނޫނީ ބިތަށް
އަދަދެއްނުވާ ޝައްކާއި ވަހުމަށް ހޭނުމުން
ފަދަ އެއް ނެތޭ ހަމަޖެހިލުމަށް ސަބުރާ ކެތަށް
ބޭކާރުކަން ހޭހަންތަކުން ކުރި ހޭދައީ
ރޭކާލުމުން މޯޅިވެ ޖެހުނު، އިސް ބޯ ވަތަށް
ވަގުތާއި ޙާލަތު ހެޔޮ ހިތުން ދިންހާ އުފާ
ދަގުޔަށްވުމުން ގަދަ ރިހުމަކުން ތަދުވީ ހިތަށް
ވޭނުން ގެތޭ ތަކުލީފުތައް ފަށްފަށްވުމުން
ގޭނުންތަކުން ބޯހާސްވެ، ރޫ އަރަނީ ނިތަށް
ފޫނެތް ފަޔަށް ފެންފުރުނުކަން އެނގުނެއް ކަމަކު
ދޫނެތް އަތުން ކުރެވޭކަށެއް ގޮވިޔަސް އަތަށް
