މަތީގައި އެ ފެންނަނީ 20 ވަނަ ގަރުނުގެ ކުރީކޮޅުގެ ފޮޓޯއެކެވެ. ގާތްގަނޑަކަށް 1915 ހިސާބު ނަގައިފައިވާ ފޮޓޯއެކެވެ. ބުނެވޭ ގޮތުގައި، މި ފޮޓޯގައި އެވަނީ ޔޫރަޕުންގެ އިސްތައިމާރީ ބާރުގެ ދަށުގައި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާ އޮތް އިރު، ގާނާގައި ތިބި ޔޫރަޕުގެ އިސްތިއުމާރީ ތިން އޮފިސަރަކާއި އެމީހުން އިން ގާނާގެ އަނބިންނެވެ.
އާންމު ގޮތެއްގައި އެ ދުވަސްވަރު، މިފަދަ މުސްތައިމުރުންގެ އޮފިސަރުން ތަނުގެ އަހުލުވެރިންނާ ކައިވެނީގެ ގޮތުން ގުޅެނީ ލޯބީގެ މައްޗަށް ބިނާވެ އުފެދޭ ގުޅުމަކުން ނޫނެވެ. ނަމަވެސް، އެ ފަދަ ގުޅުންތައް ވެސް ވަރަށް ގިނަ ފަހަރު ގުޅެނީ އިސްތިއުމާރީ ބާރު، ސީދާ ގޮތެއްގައި، ނުވަތަ ނުސީދާ ގޮތެއްގައި ދެމެހެއްޓުމާއެވެ. މިފަދަ ގުޅުންތަކުން ލިބޭ ކުދިންނަށް ޚާއްސަ އިނާޔަތްތައް ދެވެއެވެ. އޭގެ ތެރޭގައި އެކުދިންނަށް ޔޫރަޕުގެ ޖާމިއާތަކުން ކިޔެވުމުގެ ފުރުސަތު ލިބެއެވެ. އަދި، ކިޔެވުން ނިންމާފައި އައުމުން، ސަރުކާރުގެ އިދާރީ ވަޒީފާތައް އެކުދިންނަށް ފަސޭހައިން ލިބޭ ގޮތް މެދުވެރިވެއެވެ. މިފަދައިން އިނާޔާތްތަކާއި ފަސޭހަތައް، އެފަދަ ކުދިންނަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތުމުން، އިސްތިއުމާރީ ބާރުތަކަށް، އެ ބާރުތައް ބޭނުންވާ ގޮތަށް، މިފަދަ މީހުން ކޮންޓުރޯލުކުރެވޭ ގޮތް ވެއެވެ. އަދި، އިސްތިއުމާރީ ބާރުތަކުގެ ސިޔާސަތުތަކާއި ނުފޫޒު އެމީހުންގެ މައްޗަށާއި އެމީހުންގެ ގައުމުތަކަށް ފޯރުވޭ ގޮތް ވެއެވެ.
އާދެ، ތިމާމެންނަކީ އެހެން ބައެއްގެ ކިބައިން ފައިދާތަކެއް ލިބޭ ބަޔަކަށް ވެއްޖެ ނަމަ، ތިމާމެން ވެގެންދާނީ، އެފަދަ ބަޔަކަށް އިސްކަންދޭ، އެބައެއްގެ ޚިދުމަތުގައި ތިބޭ ބަޔަކަށެވެ. ޚާއްސަ ގޮތެއްގައި ތިމާމެންގެ މީހުންނަކީ، ތިމާމެންގެ ނަޒަރުގައި ނުވިސްނޭ، ނުވަތަ އަމިއްލައަށް ވިސްނަން ނޭނގޭނޭ، 'ބަތަލުން’ގެ ފަހަތުން ދުވެ، އަމިއްލަ ސިކުނޑީގެ ތަރާދުން އެ އެއްޗެއް ކިރާލުމެއް ނެތި އެމީހެއްގެ ބަތަލު މީހާ ބުނާހާ އެއްޗެއް ގަބޫލުކުރާނޭ ބައެއްކަމުގައި ދެކޭ ނަމައެވެ. މިފަދަ ކަންތައް ހުއްޓުވުމުގެ ގޮތުން، އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި ސިޔާސީ ޕާޓީތަކަށް ބޭރު ގައުމުތަކުންނާއި ބޭރު މީސްމީހުންގެ އެހީ ހޯދުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅައިފައި އޮވެއެވެ.
One Response
Raajjeygai miothy Rayyithuna idhajassaa, Rayyithun fudaalaa adhi Rayyithunge mahchah beyrumeehunnah gadhavaane QA eh.
Mi QA ga onnany Faranjeenge here Siyaasy Party thakah hoadhun Thanminah Hulu aalaafa.
Ekamaku miulhey Siyaasy Bulhaathah bunaaane miee America daha kuriaraafavaa gaumuthakuga oiyfadha QA ekey. Bala America ga manaa kanthah mei QA ga huhdha kohfa eonnany.