Support Us

ޚުޝާމަދު ކުރުމުގައިވެސް މި ދެން ބޮޑުވަރު!

ޚުޝާމަދު ކުރުމުގައި މަޚްލޫޤަކަށް ކޮށްލަން، މިދެން ބޮޑުވަރު
"އުޑާ ހަމަޔަށް އުފުއްލަން" އުޅުނަކަސް ތިޔައީ، ނުވާނޭ ވަރު

މަޤާމާ ޢިއްޒަތާ ބޭނުންވިޔަސް، ދެން، ތަންފުކެއް ބޮޑުވަރު
"މަލާއިކަތެއް ކަމަށް ހެދިޔަސް" ޔަޤީނުންވެސް ނުވާނެ! އެ ވަރު

މިއޮތް ރޯމާ ދުވާލެއްގައި، ކުރާ "ހަޑި ހުތުރު ކަންތައްވެސް"
"ތިއޮށް ގޮވަނީ މޮޅޭ، ރަނގަޅޭ" ތިއީ އިބިލީސް ކުޅޭ ކުޅިވަރު

"މެސީ އާ، އަދި ރޮނަލްޑޯ އާއި މެރެޑޯނާ" މިސާލުޖެހުން،
އެއީ ކުރެވޭ މަލާ މަތެކޭ ބުނުން ހަމަ، ޙައްޤުވާ މިންވަރު

"އުތީމު މަހާރަދުންނާ އާދެ! މަންޑޭލާ ކަމަށް ބުނެފައި"
މުތީން އަތްކަން އަޅައި ހަދަނީ "މޮޔައިން ރުއްސަން ހަދާ މަންތަރު"

ޚުޝާމިދު ރައްދުވާ މީހާގެ ކުރިމައްޗަށް އަރާ ތިބެގެން،
ޚުޝާމަދު ކޮށް އެ ހަދަނީވެސް އެނގޭތީ، ސިކުނޑި ހުރި ފެންވަރު

ނުބައިކަން ރަނގަޅު ކޮށްލައިދޭ ވަރުގެ މީހަކު އަޔަސް މިތަނަށް،
"މުނާފިގު ބައިގަނޑެއް ތިބެގެން" އެމީހަކު މަގު ފުރައްދާ ވަރު

މަޤާމާ، ދަރަޖަޔާ، ހުރިހާ ކަމެއްވެސް ދެއްވަނީ الله
ހަނދާން ނުކުރާ ކަމަށް ވަންޏާ އެއީދެން "ކުފުރުވާ" މިންވަރު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *