ރާގު: ބަދުނާމު ޒިންދަގީ އޭ ޝިކުވާބި ކިޔާ ކަނރޭގޭ…..
ބަދުނާމު ޒިންދަގީ އޭ ޝަކުވާ ކުރަން ނެތީމޭ
ރަޙުމެއްނުވާ މިދުނިޔޭން އަހުރެން މިނިމި ދަނިއްޔޭ
ބަދުނާމު ޒިންދަގީއޭ ޝަކުވާ ކުރަން ނެތީމޭ…
ފުރަތަމަ ތިބާ ޙަޔާތަށް އެދިގެން ސަލާން ޖެހީމާ
ދުވަހަކު ބަދަލުނުވާހެން (ދެއްވެވި ޔަގީންކަމެއްގާ 2)
ކުރަހާލި ޗާޓު މިއަތުން، ކުލަގޮސް އެކީ ފިލީމާ
ރަޙުމެއްނުވާ މިދުނިޔެއިން އަހުރެން މިނިމި ދަނިއްޔޭ…
ރަޙްމެއްނުވާ ތި ހިތަކީ ހަރު ހިލަކަމަށް ހެދީމާ
އަހުރެންގެ މުޅިޙަޔާތަށް (މަޖުބޫރުވެސް ކުރީމާ 2)
ތަދުބީރުކުރި ޕްލޭނެއް ތަޤްދީރުގައި ނެތީމާ
ރަޙުމެއްނުވާ މިދުނިޔޭން އަހުރެން މިނިމި ދަނިއްޔޭ…
ދުނިޔޭން މިޙާލުގައިއުޅެ އަހުރެން މަރުވެ ދިޔައިމާ
ދުނިޔޭން ދެކޭނެ ބަޔަކަށް (ޢިބްރަތް ލިބޭ ގޮތެއްގާ 2)
ދުނިޔޭން ޖެހުނު މިޙާލަތު ލިޔެލާށެ މަޤްބަރާގާ
ރަޙްމެއްނުވާ މިދުނިޔޭން އަހުރެން މިނިމި ދަނިއްޔޭ…
