Support Us

މި މުޖުތަމަޢުގައި އުޅުނު މި މީހުން ކޮބައިތޯ؟

އަދު ކޮބައި؟ ކޮނޑުދާލި އަޅަމުން، ހީ މަޖާކޮށް އުޅުނު މީހުން
އަދު ކޮބައިތޯ ޙާލު ބަލަމުން ގޭގެއަށް ވަދެ އުޅުނުމީހުން

ނުފެނި ބައްދަލުނުވެ ދެދުވަހެއް ދާއިރަށް ވެސް، ޙާލުބެލުމާ،
ނުފުދިފައި ހުރިނަމަ އެކަން ފުއްދާ ހަދައިދީ އުޅުނުމީހުން

ނިކަމެތިން ގޮތުގައި އުޅޭ އެކުވެރި އަވަށްޓެރި މިތުރުނަށް،
ބިކަވެ ޙާލެއް ޖެހުނުމުން އެކަމަށް އެހީދީ އުޅުނު މީހުން

ބަލިވެ ޙާލެއްގައި އޮތިއްޔާ ގޭތެރަށް ވެދެ ޙާލުބެލުމާ
ބަލިވެއޮވެ ކައިބޮއެ އުޅެން ކާއެތިކޮޅެއްދީ، އުޅުނު މީހުން

މައިބަނޑުވެ ދަރިފުޅު ވިހަން ބަނޑުގައި ރިހޭނަމަ އެގެއަކަށް،
އަވަށު އެންމެންގޮސް އެހީވާން ހޭލި މޭލިވެ އުޅުނު މީހުން

ރަނގަޅު މުއްސަނދި ބަދިގެތަކުގައި، ރަނގަޅު ކާނާތައް ހަދައި
އަވަށުގައިތިބި ނިކަމެތިންގެ، ގެއަށް ގެނެސްދީ އުޅުނުމީހުން

ދެރަކަމެއް ކުރިމަތިވުމާއެކު ޚަބަރު ލިބިގެން އައިސް ގެޔަށް،
އެކަމުގައި، ހިތް ހަމަޖެހޭ ފަދަ، ހިތްވަރެއްދީ އުޅުނުމީހުން

ހުޅަގު މޫސުމުގައި ޖެހޭ ގަދަ ކޮޅިގަނޑެއްޖެހި މަޑުވުމާއެކު،
ނުހަނު އަވަހަށް ގޭގެއަށް ވެދެ ޙާލުބަމުން އުޅުނުމީހުން

ރޯދަމަސް ފެށުމާއެކީ، ނިކަމެތި ފަގީރުން ގޭގެއަށް،
ރޯދަމަހު ބޭނުން ފުދޭވަރު، ކޮށްލަ ދީގެން އުޅުނުމީހުން

މަސްކޮޅެއް ގެނަޔަސް ގެޔަށް އޭގައި އެ ކައްކާ އެއްޗަކުން،
ރައްދުކޮށްދީ ގެން އަވަށްޓެރި ވަންތަކަމުގައި އުޅުނުމީހުން

އަންނަ ދީނީ އެކި މުނާސަބު ތައް، އެކީ ފާހަގަ ކުރަން،
ލައްކަ ގިނަ ގުނަވީ އެހީތައް ފޯރު ކޮށްދީ އުޅުނު މީހުން

"މުސްލިމުންމީ އެއްބައެއް ކަން އަންގަވާފައިވާ މަގުން"
މުސްލިމުންނާ މުސްލިމުން ގުޅިގެން އެކީގައި އުޅުނުމީހުން

ދީނުގައި ހުރި މިފަދަ މަރިވެރި ރީތި މާތްވި އުޞޫލުތައް،
ވީދަމުން ނޮޅަމުން ދިޔައިމާ ނެތް، އެކީގައި އުޅުނު މީހުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *