Support Us

ހެޔޮއެދިގެން

ވާދަވެރި ކެންޕޭނު ތަކުގައި ވާދަކުރެވެން ވެސް ޖެހޭ
ވާދަކޮށްގެން ބަލިވި މީހަކު، ބަލި ގަބޫލު ކުރަން ޖެހޭ

އާކަމެއް ނޫނޭ މިކަމަކީ ވާދަކޮށްގެން ބަލިވުމީ،
ދާއިމަށް ބޮޑު ފިތުނައެއް ކަމުގައި ހަދާކަށް ނުމެ ޖެހޭ

ވާދަވެރި ޖަޒުބާތުގައިވެސް ވާދަވެރި ބަސްތައް ބުނޭ،
މާފުކޮށް އެހެނަސް، ދެމީހުންނަށް ސަލާން ކުރެވެން ޖެހޭ

އެކަކު އަނެކަކު ނުރުހިގެން ޖަޒުބާތުގައި ކުރި "ޓްވިޓް ތައް"
އެކަމުގައިވެސް މާފުކޮށް "ޓިޕެކްސް ޖަހައި" ފޮހެލަން ޖެހޭ

އެއްޚިޔާލާ އެއް ފިކުރުގައި އުޅުނު މާޒީ ހަނދުމަކޮށް،
އެއް ތަނެއްގައި ހީ ސަމާސާ ކޮށް އަލުން އުޅެވެން ޖެހޭ

ގައުމަށާ ޕާޓީއަށާ ވެސް ކުރި މަގެއް ހޯދަން ޖެހޭ،
ރަމުހުރި ގޮތުގައި ދެމިތުރުން ޞުލްޙަވެރިވެސް ވާން ޖެހޭ

މުޅި ޢުމުރުގައިވެސް ނިމުންނެތް ފިތުނައެއް ނޫނޭ މިއީ،
ދުނިޔެ މީ ވަގުތީ ތަނެއްކަން އަބަދުވެސް ވިސްނަން ޖެހޭ

ވަކިވެގެން ބައިބައިވުމީ ނިކަމެތި ކަމެއްކަން ވިސްނަމުން،
އެކުވެގެން ދެން އޮތް ތަނަށްވެސް ކާމިޔާބު ކުރަން ޖެހޭ

ނިިޢްމަތެއް ދެއްވައިފިނަމަ އީ، ނިިޢްމަތެއް ދެމެހެއްޓުމާ،
ނިޢްމަތަށް ކާފިރުނުވަން، ރައްކާތެރިވެ ވިސްނަން ޖެހޭ

މުސްލިމުންނެއް އެކަކު އަނެކަކު ފިތުނަވެރިވާކަށް ނުވޭ
މުސްލިމުންގެ ހިތާ، ނިޔަތް ވެސް ސާފު ޠާހިރުވާން ޖެހޭ

ވެދިޔަ މާޒީ ޢިބްރަތެއް ކަމުގައި ބަލައިގެން ކުރިމަގަށް،
ވެދިޔަ އެކުވެރި "ރަން ޒަމާން" އަނބުރާ، އިޢާދަ ކުރަން ޖެހޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *