ހިތުގެ ދަހިވެތި ޒާތަކީ އަތުލުމުގެ ކެހިވެރި ފަންނުތޯ
އިތުރު އަނިޔާވެރި މިޒާޖުގެ ސިއްރަކީ ފަހެ ހުސްނުތޯ
ވޭ، ރަނާ ރިއްސާ ޖަވާހިރު ތިޔަ ޚަޒާނާ ގައި ފުރާ
އޭގެ ފޮއްޗެއް ދޭ ޒަކާތް ޞަދަޤާތުގައި ހިމެނޭނެތޯ
ހުސްއަތާ މިހުރީ އައިސް ނިކަމެތި ސަލާން ޖެހުމަށް އަދާ
ހުސްވުމެއް ނެތް ލޯފުޅުން ކުޑަ މުށްވަރެއް ލިބިދާނެތޯ
ކަޝްފުކޮށް އުންމީދު އެދުމާ އޮއްސުމުން އާދޭސް ހިނގާ
ބަސްފުޅުން ލުގުމެއްގެ ހިއްސާ ވެސް ނަސީބު ވެދާނެތޯ
ނުނިމި ރޭތައް ލޮލުގެ ކަޅުފޮއި ގުނަވަމުންދާ ހައްގު ގައި
ހިނިފުޅުންދޭ ހަނދުވަރީ އަލި މޫސުމެއް ފެނިދާނެތޯ
ވަރިހަމާގައި ހުންނަވާ ތިޔަ ތަރިތަކާ އެކު އުފުލިގެން
އަރިއަހަށް ޢިޝްޤުން އޮހޭ ފަރިޔާދު ފަހެ ނާހާނުތޯ
ހާދަ އާދޭހެއް ކުރޭ އެބަ ވިންދުތައް ފައިތިލަމަތީ
ޖާޒުބީފޭރާން އަރާމުގެ ދާއިމަށް ލެވިދާނެތޯ