ތޮރުފާލި ތޫނު ތީރުން ލޭ އޮހުރުވާލުމުންނޭ
ފޮރުވީ މި ހިތް ތި މޭގާ އެންމެންގެ ލޯމަތީންނޭ
ޒަޚަމަށް ލިބުނު އެ ފަރުވާ މާމުއިގެ ފޮނިކަމާ އަދި
މަޚުމަލުގެ މަޑުކަމަށްވުރެ ބޭނުން މި ހިތްވުމުންނޭ
ޝަކުވާ، ހިތުގެ ގޮވުންތައް ސީދާ ލޮލާއި މޫނުން
ތަކުރާރުވީ އިޝާރާތް ލިބުނީ ލޮލުގެ ފުނުންނޭ
އުލްފަތުގެ ފުން ޝުޢޫރުން އުފެދުނު ތަދާއި ހޫނަށް
ގުލްޒާރަކުންނެ ޝަބްނަމް އޮހުނީ ދުލުގެކުރިންނޭ
އުފަލާއި ރާހަތުގެ ފޮނި ވަޢުދާއި އަހުދު ގުޅުމުން
އުފެދޭ ކުލުނު މި ގުނަވީ ދިންހާ ޔަގީންކަމުންނޭ
ވިންދާ ހިތުގެ ޝިފާ ވެސް މެހެބޫބު މިލްކުކުރުމުން
ނިންޖާ އަރާމު ލިބެނީ ތިޔަ ސޫރަ ސިފަވުމުންނޭ
ގުރުބާނަކުން ހިތާ ހިތް ނޫރަންވި އިޝްގު ވާފަށް
ބުރިކޮށްނުލާށެ ދުވަހަކު އެދެނީ ތިބާ ފުށުންނޭ
