Support Us

"އަދިވެސް އަހަރެން ދެކެ އެހާ ލޯބިވޭހެއްޔެވެ؟"

އަތިރިމަތީގައި ވައިޖައްސާލަން ދެމަފިރިން ގޮސް ތިބެފައި، ރޫފަ ބަދަލުވެފައިވާ އަނބިމީހާ، ފިރިމީހާ ގާތު ސުވާލު ކުރިއެވެ. "އަދިވެސް އަހަރެން ދެކެ ކަލާ އެހާ ލޯބިވޭހެއްޔެވެ؟"

ފިރިމީހާ ބުންޏެވެ. "އާނއެކެވެ. ވަރަށް ލޯބިވެއެވެ."

އަންހެނުން އޭނާގެ ބަރު ހަށިގަނޑާ މެދު ލަދުވެތިވެފައިވާ ހާލު ބުންޏެވެ. "އެކަމަކު އަހަރެންގެ މި ހަށިގަނޑަކީ އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ދުވަސްވަރުގެ ހަށިގަނޑެއް ނޫނެއްނޫންހެއްޔެވެ؟"

އެއާއެކު ފިރިމީހާ ބުނެލިއެވެ. "ނޫނެކެވެ. ތިކަމެއް އަހަންނަކަށް ފާހަގައެއް ނުކުރެވެއެވެ."

އަނެއްކާވެސް ބަނޑުގައި އަތް ޖައްސާލަމުން އަންހެނުން ބުންޏެވެ. "ބަލަ އަހަރެންގެ ބަނޑު މާ ބޮޑުވެ، މީހާ ބަރުވެފައި، އަހަރެންގެ ހަށިގަނޑުވެސް މިހާރު އެހައި އޮމާނެއް ނޫނެވެ."

ކަރުނައިން ފުރިގެންވާ ހާލު، ބައްދާލުމަށްފަހު ފިރިމީހާ ބުންޏެވެ. "ތި ކަހަލަ ސުވާލުތައް ތިކުރަނީ ކީއްވެހެއްޔެވެ؟"

"މިގޮތަށް ހުއްޓަސް ކަލާ ލޯބިވަމުހެއްޔެވެ؟" އަންހެނުން އަނެއްކާ ވެސް ސުވާލުކުރިއެވެ.

ފިރިމީހާ އޯގާތެރިކަމާއެކު ބުންޏެވެ. "އަހަރެން ކަލާގެ ހަށިގަނޑުގައި ބީހޭއިރު ކަލާގެ ފުން ލޯބި އަބަދުވެސް އަހަންނަށް އިހުސާސް ކުރެވެއެވެ. ކަލާގެ ހަށިގަނޑުން އަހަންނަށް ފެންނަނީ މުޅިން ވެސް ކަލާގެ ރީތި ސިފަތަކެވެ. އޯގާތެރިކަމެވެ. އަޅާލުމެވެ. އިހްތިރާމްކުރުމެވެ. ގެވެހިވަންތަކަމެވެ. ކުދިންނަށް އަޅާލުމާއި އެ ކުދިން ތަރުބިއްޔަތު ކުރުމަށް ކުރާ މަސައްކަތެވެ. އެއީ ދިރިއުޅުމުގައި ފުރިހަމަ ބައްޓަމެއްކަން އަހަންނަށް އެނގެއެވެ. އަހަރެން ކަލާ ދެކެ އިންތިހާއަށް ލޯބިވަނީ މި ސިފަތަކަށްޓަކައެވެ. ކަލާގެ ބުރުސޫރައަކަށް ނޫނެވެ. ތިމާ ހުންނަ ސިފައަކީ މުޅީން އެހެން ކަމެކެވެ. ކަލާ ދެކެ އަހަރެން ލޯބިވީ ހަމައެކަނި ލޮލަކުން ނޫނެވެ. އެކަމަކު އަހަރެންގެ ހިތާއި މުޅި ނަފުސުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *