ފިކުރާ ޚިޔާލުގެ ހާރުތައް ގަލަމުގެ ތުނޑުން ގެތެމުންދަނީ
ޙިކުމަތުގެ ފޮނިފޮނި ލަފުޒުތައް ޢުމުގުން ހިތުގެ އޮހެމުންދަނީ
އަލި ބޮކި ފުރާޅުގެ ތަރިތަކުން ޖައްވާ ފަޒާ ދިއްލާލަމުން
އަލިކޮށްދެމުން ގުލްޒާރުތައް އައު ދުވަހަކަށް ހުޅުދާންވަނީ
އެކި ޝާއިރާނާ ކުލަތަކުން ކުރަހާލެވޭ މަންޒަރުތަކާ
ދެކިފައިނުވާ ފަރުމާތަކުން އެކި މަންސަތައް ފުރެމުންދަނީ
ނަޒަރެއް ދެމުން އިހު ކާބަފައިން ގެންނެވި އަމާނާތް އުފުލަމުން
ވަޒަނުގެ އަދަބު ތަހުޒީބުކޮށް ގައުމުގެ ތަރިކަ ދަމަހައްޓަނީ
އަދަބީ އެތައް އުންސުރުތަކުން ހޭހަންކުރާ ފަންނިއްޔަތުން
އަދަބަށް ދިރުން ގެނުވައިދެމުން ނަލަ ރީތިކަން ދައްކައިދެނީ
ކުރިމަގު އުޖާލާކަންމަތީ ޅެންވެރި ހުނަރު އާލާކުރާން
ކުރިއަށް ނުކުމެ ޅަޒުވާނުނޭ! އަތުކުރި އޮޅާން ޖެހިފައިވަނީ
