ވަފާތެރިކަމުގެ ނޭވާއޭ އުފާވެރި ތިޔަ އުޑަށް އުފުލީ
ތަފާތެއް އަދި ނިފާޤެއް ނެތް އަދާތަކެކޭ މިހިތް އަތުލީ
ހިތެއްގައި ނުޖަހައޭ ވިންދެއް އެހެން އަސަރެއްގެ ތާސީރުން
ހިތެއްގެ ޢަޒީޒު ތައުބީރޭ މިތަންވަޅު ވެސް ލެޔާ ކުޅެލީ
ތިބާގެ ލޮލުން ވިދާ ފަޖުރުގެ އުޖާލާ އަލި ދެކެން ޢިޝްޤީ
ނިދާފައި ތިބި މިޒާޖުތަކޭ އިޖާބަދެމުން އަލުން ހޭލީ
ވަނާތަކުގައި އެވާ ޖަޒުބާތުތައް ކުޅިވަރު ކުޅޭ ދެކިލަން
ހަނާއަޅަމުން އުޑުން ތަރިތައް ބިމަށް އައި ރާގުތައް ކުޅެލީ
ކެތެއް ނުވެވޭ ގޮތުން ހެކިދޭ ނިތުން ލޯ ވާގިއާ ކިޔަމުން
އެތައް ގަރުނެއްގެ ފުން ލޯބީގެ ތާރީޚޭ އަތުން ލިޔެލީ
ފުރާފުރިހަމަ މަގުން ލޮބުވެތި ދުރާގާތުން ދެކެން ނިޔަނެތި
ފުރާނަތަކަށް ތުރާ ދޭހެން ކުރާ ހަރަކާތް ލޮލާ ތޮޅިލީ
މިއީ ލޯބީގެ މިއުރާޖޭ މިއީ އިއްފަތުގެ މިހުރާބޭ
މި އީޖާބީ ހަޔާތް ހިތަކުން ހިތަށް ލޯބީގެ ދިދަ އުފުލީ
ގަޔާވެ ދެހިތް އެކީ އުފަލުން ވަދާއު ކިޔާ ދަމުން މިބިމުން
ހަޔާތުގެ ފަތްފުށުން ލޯބީގެ ހުރިހާ ފާފަތައް ފުހެލީ