Support Us

އަނިޔާވެރިންނަށް ނޭނގެނީބާ؟

ނޭނގެނީބާ! މީހުނަށް އަނިޔާކުރާ އަނިޔާ ވެރިންނަށް،
ރޭވުމާ މަކަރާއި ވެސް ﷲ ދެނެވޮޑި ގަންނަވާ ކަން

އަނދިރިއާއި އަލީގަވެސް، ފަރުދާގެ ބޭރާ އެތެރެވެސް،
އަލިކަމުގެ ނޫރުން އިލާހީ ބައްލަވާ ވޮޑިގަންނަވާ ކަން

ރޭވުމާ މަކަރާއި ޙީލަތް މާ މޮޅަށް އަދި ރޭވިޔަސް،
އޭގެ ނިންމުން ނިންމުމަށް އޮތް ބާރަކީ ތަޤްދީރު ކަން

ރަޙުމުކުޑަ އަނިޔާތަކާ ކެހިވެރިނުބައި ރޭވުންތަކުން،
ފައުޅުގައި ގޮސް " ބަރަހަނާ" ވާނީ ތިމާ އަބުރާ ޤަދަރުކަން

ހަމައެކަނި މާއްދިއްޔަތަށް ދަހިވެތިވެވޭ އިންސާނުނަށް
ފަހުގެ ނިމުމާ އަދިވެދާނެ ގޮތެއް ނުވެސް ވިސްނޭނެކަން

ކަންކަމުގެ ދަހިވެތިކަމުން ﷲ ގަންދީ، ކޮށްހުވާ،
ދެން އެ ކުޅަހުވަޔާ ޚިލާފުވުމަށް ތިމާ ބިރުވެތި ނުވާކަން

އަންނަހިނދު ބިރުވެރިނުރައްކާތައް ދިމާޔަށް ކުރިމަތިން
ތަން ތަނަށް ވެދެ ގެން ސަލާމަތް ވާކަށެއް ނޯންނާނެ ކަން

މީހަކަށް ނިކަމެތިކަމެއް، ކުށަކާ ނުލައި ދިން މީހަކަށް،
ރީތިކޮށް އޮށޮ އޮވެ، އެހެން އޮވެގެން ނިދައި ނުލެވޭނެ ކަން

"ޢިބްރަތެއް ޙާޞިލުނުވާ މީހުން އުޅުނު ޝަހަރެއް އެކީ
ޢިބްރަތުގެ އިންޒާރުއައިސް ބަންޑުން އެތަން ޖެއްސެވުނުކަން"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *