މީރުފެން އަދު ރަހަ ނުބައިވީ މީގެ ސަބަބު އެނގެންޖެހޭ
ބީރުމާ ކަންފަތްތަކެއް ވާތީ މިކަން ދަންނަންޖެހޭ
ލޮލުގެ ފެނުމާ ތަރުޖަމާ މަންޒަރުތަކާ ތީ ފުށުއަރާ
ބޮލުގެ ބައްޔެއްތޯ މިއީ ވެސް ސިއްރު މީގެ ބަލަންޖެހޭ
ތެދުގެ މައްޗަށް ދޮގު ސަވާރުވެ ކަންފަތަށް ހަލުވާ ބަހާ
މެދުވެރީންގެ ބަދަލުވެދާ ތާސީރު ގޮތް ވިސްނަންޖެހޭ
ހެޔޮ ނުބައި އޮޅުވާ މޮޅާ ދެރަ އޭގެ ޒާތުން ބަދަލުކޮށް
ތެޔޮ ފެނާ ގުޅި ލާމެހޭތީ އަސްލު އެބަ ފެންނަންޖެހޭ
ވާޖިބާތުގެ ފުއްކިބާގައި ސައްޕުތައް ކޮޅުފައިން އަޅާ
ލާޒިމަށް އިހުމާލު ވާތީ ވާގޮތެއް ހޯދަންޖެހޭ
މީހުނާ އޮޅުވާ ނުމީހުން މީހުނަށް ދުކުތައް ދެމުން
ފީހޮވާލާ ޒާތަކުން ނީހައިން، ސުވާލު ކުރަންޖެހޭ
ތާކުގާ ނެތް އިއްޒަތެއް ގަދަރެއް މިއަދު ކަމުވޮށިކަމެއް
ކާކުތޯ ވިއްސާ ނަގާލީ ސާފުކޮށް ބުނެދެންޖެހޭ
ރީތި ނެތި ހަމަ އެއްކަމެއް މުޅި ދީބު ފުނޑުފުނޑުވީ ގޮތުން
ހީހުމެއްގައި ގައުމު ވާތީ ކީ ފަރިހި ނިންމަންޖެހޭ
One Response
އަދުގެ ހާލު