Support Us

ކޮރޯނާގެ ކުރީގެ ޙާލަތާ އެއްގޮތަށް ޢުމުރުގެ ޤައިދެއްނެތި މި އަހަރުގެ ޙައްޖު

މި އަހަރުގެ ޙައްޖު އޮންނާނީ ކޮރޯނާގެ ކުރީގެ ޙާލަތާ އެއްގޮތަށް ޙައްޖުވެރީންގެ ޢުމުރު ކަނޑަނާޅައި އެއްވެސް ޤައިދެއްނެތި ކަމަށް ސުޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. އެ ވުޒާރާ ބުނިގޮތުގައި މިއީ "ހެޔޮ ޚަބަރެކެވެ."

ސުޢޫދީ ސަރުކާރުން މި ކަން ހާމަކުރީ އިއްޔެ ޖިއްދާގައި ޙައްޖާޖީންނަށާއި ޢުމްރާވެރީންނަށް ދޭންޖެހޭ ޚިދްމަތްތަކާ ބެހޭގޮތުން ބަޙުސްކުރުމަށް ބޭއްވުނު "ޙައްޖު އެކްސްޕޯ" ސިންތާގައެވެ. މި ސިންތާގައި ވާހަކަފުޅު ދައްކަވަމުން ސުޢޫދީ ޙައްޖާއި ޢުމްރާއާބެހޭ ސުޢޫދީ ވަޒީރު ތައުފީޤުއް ރަބީޢަތި ވިދާޅުވި ގޮތުގައި މި އަހަރުގެ ޙައްޖު އޮންނާނީ ކޮވިޑް 19 ގެ ކުރީގެ ޙާލަތާ އެއްގޮތަށް ޢުމުރުގެ އެއްވެސް ޤައިދެއް ނެތިއެވެ.

ކޮރޯނާގެ ފިޔަވަޅުތައް އުވައިލުން

ކޮވިޑްގެ19ގެ ކުރިން 2.6 މިލިއަން މީހުން ޙައްޖުވިއެވެ. އަދި 2020 ވަނައަހަރާއި 2021 ވަނަ އަހަރު ޙައްޖު ވެފައިވަނީ ވަރަށް މަދު މީސްކޮޅެކެވެ. ނަމަވެއް 2022 ވަނަ އަހަރު އެއް މިލިއަން މީހުންނަށް ޙައްޖުވުމުގެ ފުރްޞަރު ދީފައި ވެއެވެ. ކޮވިޑްގެ ވަބާގެ ކުރިން އަހަރަކު 19 މިލިއަން މީހުން ޢުމްރާގެ މަނާސިކު އަދާކޮށްފައި ވެއެވެ.

ކޮވިޑްގެ ޢާލަމީ ވަބާއާ ހެދި 1442 ވަނަ އަހަރު ޙައްޖުގެ ފަރީޟާ އަދާކުރުމަށް ހުއްދަ ދީފައި ވަނީ އެންމެ 60 ހާސް މީހުންނަށެވެ.

ހުސްވި އަހަރު ޙައްޖުވެފައި ވަނީ 899 ހާސް 353 މީހުންނެވެ. އޭގެ ތެރޭގައި ސަޢޫދީން ބޭރުން އައިސްފައިވާ 779 ހާސް 919 މީހުން ވެއެވެ. އަދި 1441 ވަނަ އަހަރު ޙައްޖުގެ ފަރީޟާ އަދާކޮށްފައި ވަނީ ސުޢޫދީ ޢަރަބިއްޔާގެ 10 ހާސް މީހުންނެވެ. ބޭރުން އެއްވެސް މީހަކު ޙައްޖަކަށް ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް