Support Us

މިގައުުމުގެ އަދުގެ ޙާލަތު

މިޤައުމުގެ އިޖުތިމާޢީ ރިވެތި ފޭރާން ވީދި ހަސްނެތުމުން
އަގާ ޤަދަރާ މިޤައުމުގެ ޢިއްޒަތާ ޝަރަފާ ދަނީ ނެތެމުން

މުއައްރިޚުނާއި ފަތުރުވެރިން ޒިޔާރަތްކުރި އެތައް ރަށަކަށް
ލިޔުންތަކުގައި ޤައުމުސިފަކުރި ރިވެތިސިފަތައް ދަނީ ނެތެމުން

ކޮބާނުކުރާ ހުތުރުކަމަކީ ކުރަންނުކެރޭ ނުބައި ކަމަކީ
އެބާވަތު ކަންކަމަށް ހިތްޖެހި ބިރެއްނެތި ތިބެ ދަނީކުރަމުން

މިހާދަށު ދަރަޖައަށް ޙާލަތު މިޤައުމުގެ ވެއްޓިގެންދިއުމުން
ކިހާދެރަހޭ ކިޔަންތިއްބާ ދަނީކުށްތައް އިތުރު ކުރަމުން

ރަލާއަދި މަސްތުވާ ތަކެތީގެ މައްސަލަ ހައްދުފަހަނައަޅާ
މުލުންލުހެވޭ ވަރަށްވުރެ މާފުނަށް މޫ ފެތުރިގެން ދިއުމުން

ވެފައި ނިސްބަތް ގުރޫޕުތަކަށް ތިބޭމީހުންގެ އަނިޔާތައް
ހިފައިގެންވަޅި ކަޓަރު ކަތިވަޅި އަޅައި މީހުން ދަނީ މަރަމުން

ނަހަމަ ޖިންސީގުޅުން ހިންގައި ދެޖިންސުގެ ކުޑަކުދިންނާ ބެހި
މިހެން ލިޔެލިޔެ ކޮޅުން ނުލެވޭނެހާ ގިނަކުށް ދަނީ ކުރަމުން

ގެވެށިއަނިޔާތަކާ އަދި ކުޑަކުދިންނަށް ބޮޑެތި އަނިޔާކޮށް
ދިވެހި މުޖުތަމައު ކަންބޮޑުވާ ހިސާބަށް އަދު އެކަން ދިޔުމުން

ވެފައިވާ ޢާންމު މަގުފޭރުން ކުރާ ވައްކަންތަކާ ކުދިބޮޑު
މުސާފިރުނަށް އަމާޒުކުރުން މިހާރު އިތުރުވަމުން ދިޔުމުން

ޤައުމުއޮތް ޙާލަތާމެދުގައި މިއަދު ކަންބޮޑުވެފައި މިވަނީ
އައުންއިސްލާޙު ހެޔޮބަދަލާ މިޤައުމަށް އެދި ދުޢާކުރަމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1111
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *