ކޮވިޑް19 ޖެހިގެން 24 ގަޑިއިރު ތެރޭ ދެވަނަ މީހަކު މަރުވެ، މިއަދު އެކަނި ވެސް 215 މީހުން ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޮވިޑް ޖެހިގެން ރޭ 11.30 ހާއިރު މަރުވީ 52 އަހަރުގެ އަންހެނެކެވެ. މިރޭ ނުވައެއް ޖަހަން އުޅެނިކޮށް މަރުވީ 89 އަހަރުގެ ފިރިހެނެކެވެ. އެއާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 18 އަށް އެރީ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން އުމުރުން 89 އަހަރުގެ މީހާ ވެސް މަރުވީ ފަރުވާދެމުން ދަނިިކޮށް ކަަމަށެވެ.
މީގެ އިތުރުން ކޮވިޑަަށް މިއަދު ޕޮޒިޓިވްވި 215 މީހުންގެ ތެރޭގައި ހިމެނެނީ 149 ދިވެހިންނާއި 54 ބންގްލަދޭޭޝް މީހުންނާއި ހަތް އިންޑިއާ މީހުންނާއި ދެ ނޭޕާލް މީހުންގެ އިތުރުން އިންޑޮނޭޝިއާގެ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެެވެ. އަދި މިއަދު ޕޮޒިޓީވްވެފައި މިވަނީ އެ ސެންޓަރުގެ ދިރާސާއިން އަންދާޖާަކޮށްފައިވާ އަދަދަށްވުރެ 45 މީހުން އިތުރު އަދަދަކަށެވެ.
ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4164 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1489 އެބައުޅެ އެވެ.
މިބަލި ޖެހިގެން މިހާތަނަށ 2643 މީހުން ރަނގަޅު ވެފައިވާއިރު 84 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަަނީ ފަރުވާދެމުންނެވެ. އޮގަސްޓް މަހުގެ ފުރަަތަމަ ދުވަހު މި ބައްޔަށް 153 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.



advertisment