ކޮން ލޮލެއް ބާ؟ ކަރުނަ ނާޅާ، ހޭދަކޮށްފައި ވީ އުމުރު
އަންނަ ހިތި ފޮނި ކަރުނައީ ވެސް، ދަރުސަކަށްވޭ ގިނަފަހަރު
ހިތް މިލައިގެންދާ ނުޒާތުގެ އަސަރުތައް ދޭ ވޭނުގައި
ނިތްމަތީގައި އަތްއަޅަން މަޖުބޫރު ކުރުވާނޭ ފިކުރު
ޒިންދަގީ މިކިޔާ ހަޔާތު ދަތުރުގައި ވޭންތައް ލިބޭ
ހިންދަމައިނުލެވޭ ވަރަސް އުފުލާށެ ނުމެ ދައްކާ އުޒުރު
ކޮން ޒަމާނެއްތޯ ދުށީ އޮއްވާ މިތާނގައި ހުސް އުފާ
ނެތް ޒަމާނެއް ހަމަވެފައި މޮޅިޔާ ނުލައި ދުނިޔޭގެ ބުރު
ސާލުތައް އަނދިރީގެ މޮޅިވެރި ނިއުޅިގެން ދާނޭ ކިޔައި
ހާލަތާމެދުގައި އޮތީ ކުރުމޭ ހިތާ ނަފުސުން ޝުކުރު
ކެހި ލިބޭ ހިތްދަތިކަމާ ދެކޮޅަށް މަށާ އެކުގައި ވެދާން
އޮހި ލޮލުންދާ ކަރުނައީ ވަގުތާއި ހާލާތުގެ މިތުރު