Support Us

ޠޫފާނުތެރޭ އިން ދޫންޏާއެވެ! 

ޠޫފާނުތެރޭ އިން ދޫންޏާއޭ ތިޔަ ރޫޙު އަހަންނަށް ބުނެދޭށޭ  
ޖޯޝާއެކު ހާލި ދިފާޢުކުރާ ފުން ލޯބި މި ޤައުމަށް ބުނެދޭށޭ

ކެނޑިނޭޅި އިވޭ ގުގުރީގެ ހޮނުން، ކޮނޑުނޭނގި ވެހޭ ވާރޭގެފެނުން
މަޑުފުށްގަނޑުތައް އެ ޙިމާޔަތްވުން، މި ފިދާ ފުލުހުންނަށް ބުނެދޭށޭ

ހަރުފައިގެ ނުރައްކާ ހަމަލަތަކުން، ފޮރިކޭއާ ބާޒާ އެހަނޑަތަކުން
ދުރުކޮށް އެ ވަޒަން އުފަލާއެކުވުން މި ފަޚުރު ސިފައިންނަށް ބުނެދޭށޭ

ބިސްތަކުގެ ވަށައިގެން ފޯރިމަރާން ދުސްމިނަކު ފެނޭތޯ ލޯ ނުމަރާން
އިސްކަންދިން އިޙްސާސް ދޭހަކުރާން ލަސްނުވެ ބައްޕައިންނަށް ބުނެދޭށޭ

ރޯއްޖަށް އެދި ފަތިހާ ދާދިޔުމާ ގޯއްޗަށް ރިޒުޤާއެކުގައި އައުމާ
ލޯބިން ފިޔޮކަށް އެ ލަވާލެވުމާ ލޯ ފަދަ މަންމައިންނަށް ބުނެދޭށޭ

ދެވަރެއް ނެތި ލިބިދޭ އެއްހަމަކަން، ނިވަލާ އިޙްސާނާ ލޮބުވެތިކަން
އެވެހީގައި ކުރެހޭ ހަމަހަމަކަން، އަވަހަށް ގާޒީންނަށް ބުނެދޭށޭ

ޅަފިޔޮއް ކޮރަމުން ވެއްޓޭވެއްޓުން ނުފިލާ ރިހުމެއް ފެށްޓޭފެށްޓުން
އެ ފަހުން އުދުހޭން ފަށްޓާފެށްޓުން ރަނގަޅަށް އެދުރުންނަށް ބުނެދޭށޭ

ޤުރުބާނީގައި ދާ އޮހޮރައިލާން، ކެރިގެން ޢަޒުމުން ރޫޙު ފުރައިލާން
ދިރިއުޅުމަށް އެ އަމާޒު ހިފައިލާން ޅަޒުވާން ޅަދަރީންނަށް ބުނެދޭށޭ

ކުރިބޯށިތަކަށްވުރެ މާ އުހުގާ، ދުރު ރާސްތާއިން އެއްކުރި ހައިގާ
ފުރިހަމަވި ބިނާ، ބުރަ މިންނަތުގާ މޭސްތިރި މިތުރުންނަށް ބުނެދޭށޭ

ޅަދަރީން އެތެރޭގައި ނިޢުމަތުގާ، މިތުރާ ވާރޭގައި ޚިދުމަތުގާ
މިދެކޭ އިޚްލާޞްތެރި އުލްފަތުގާ ވީ މާނަ ވެރީންނަށް ބުނެދޭށޭ

ހާލީގައިވާ ޤަދަރާ ޢިއްޒަތް، މާލީ ރޫޙީ ދިރުމާ ލައްޒަތް
ހާލުން ނަމަވެސް ހުޅުވައި ތުންފަތް، ހުރިހައި ދިވެހީންނަށް ބުނެދޭށޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *