Support Us

އާ އަހަރޭތޯ

އާ އަހަރު ލައިގަތީއޭ އާ އަޒުމުތައް ކުރާށޭ
މާޒީގެ އިބުރަތުން ވާ އާ ދަރުސުތައް ހިފާށޭ

ނުވެވުނު ކަމެއް ކުރަންވާ ނުވެވުނު ގޮތެއް ބަލައިފާ
ކުރެވޭނެ ހެޔޮގޮތެއް އާ ހޯދަން ނަޒަރު ކުރާށޭ

ސަބަބާއި ސިއްރު އެނގިގެން ނުބަޔާ ހެވާ ބަލައިގެން
އަބަދަށް ޓަކައި ހިނގޭހެން މަގުތައް ތެދަށް ކޮށާށޭ

އަންނާނެ ތީރު ހަމަލާ ދަންނާށެ ތޫނު ވިހަލާ
ވަންނާނެ ހިތުގެ މަގުގައި ސިކުނޑީގެ އަތްއަޅާށޭ

ދީނާއި ގައުމު ފޭރޭ މީހުން ތަނުން ނެރޭށޭ
ސީދާ ދިވެހި ލެއައިގެން ކުރިމަގު އަލުން ހިފާށޭ

ގައުމުގެ ބަހާއި ދުޝްމިނު ދުރުކޮށް ފިކުރު ވިސްނުން
ގައުމީ ބަހުގެ ބަގީޗާ ހައްދަން އަލުން ހިނގާށޭ

މީހުންގެ އޮތް ޙުޤޫޤާ މިނިވަން ކަމުގެ ޙުދޫދާ
ދީނުގެ ވިމާތް ޢަޤީދާ އޮޅުވައި ނުލާބަލާށޭ

ވެރިކަމުގެ ޙުރުމަތާ އޮތް ކަރަމާއި ހައިބަތާ ދެން
ފިރުކައިނުގެން މިދީބުން ފުރިހަމަ ހެދުން އަޅާށޭ

ވަޠަނުން މިފެންނަ ހާލާ ތެދުވަން ޖެހޭ އުސޫލާ
ބަޠަލުންގެ އިހުގެ ގައުމީ ފަތްފުށްތަކުން ބަލާށޭ

ނަމަނަމަ މަގޭ ދަރީންނޭ ބަހަކުން ނެތޭ ފުދޭކަށް
ޢަމަލީ އަތާއި ފަޔަކުން ގައުމީ ދަތުރު ފަށާށޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *