އޮއްސުނީ އަހަރެއް ނިމެން އިރު، ޢިބުރަތުން ހިތް ފުރުވަމުން
އޮއްސެމުންދިޔަ ވަގުތުގައިވެސް، ބަދަލު އުޑުމަތި ކުރުވަމުން
ނިތުގެ ރޫފިލަމުން ހަޔާތަށް އައި އުފާވެރި ރޯޅިތައް
ގެތިއެތައް ގުޅުމެއް ހަނދާނަށް މިހިނދުގައި ދޭ އަންނަމުން
ހިތިކަމާ ނިކަމެތިކަމާއެކު އިސްޖަހައިލީ ސާޢަތާ
ދަތިއެތައް އުނދަގޫ ކަޑަތު ކުރިގޮތް ހިތަށް ދިޔަ ސިފަވަމުން
ބަދަލުވާ މޫސުން ފަދައިން އަދު ބަދަލުވީހާ ހިތްތަކާ
މަދަދުވެރި އަތްތައް ހަނދާނަށް އަންނަނީ ފަށްފަށްވަމުން
ހަލިއަވަސްކޮށް ބަދަލުވީ އުދަރެހުގެ ކުލަތައް އަންގަނީ
އަލި އުޖާލާ މާދަމާއެއް އަންނަކަން ހުޅުދާންވަމުން
ފަސްދެމުން ބާވީސް ދެހާސް ދިޔައީއެ ޒިންމާތައް ދެމުން
ދަސްކުރާށޭ ދުނިޔެ ހިނގުމާ މީ އުޞޫލޭ ބުނެލަމުން