Support Us

"އެއީ އަހަރެން ޤަޞްދުގައި ކުރި ކަމެއް ނޫނެވެ."

އެއް ދުވަހަކު ހިނގައިދިޔަ ހަމަނުޖެހުމެއްގައި އަހަރެންނަށް އަންހެނުންގެ ގައިގައި ޖެހުނެވެ. ޖެހުމާ އެކު އަންހެނުން ރޮމުން ބުންޏެވެ. އަހަރެން މިދަނީ ތިބާގެ ޝަކުވާ ކުރާށެވެ!

އަހަރެން ބުނީމެވެ. "ތިބާ ނުކުންނަން ދޫކޮށްލާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟"

އޭނާ ބުންޏެވެ: "ކުޑަ ދޮރުތަކާއި ގޭގެ ދޮރު ތަޅުލުމުން ތިބާގެ ޝަކުވާ ނުކުރެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟"

އަހަރެން ހައިރާންވެފައި ބުނީމެވެ. "ތިބާ ދެން ފަހެ ކުރާނީ ކީއްހެއްޔެވެ؟"

އޭނާ ބުންޏެވެ: "އަހަރެން ގުޅާނީ އެވެ!"

އަހަރެން ބުނީމެވެ: "ތިބާގެ ފޯނު ވަނީ އަހަރެންގެ އަތުގައެވެ! ތިބާ ބޭނުން ކަމެއް ކުރާށެވެ!"

އެހިނދު އަންހެނުން ފާހާނައާ ދިމާލަށް ދުއްވައިގަތެވެ.

އަހަރެން ހީކުރީ ފާހާނައިގެ ފެންލައިޓުން ނަމަވެސް ބޭރަށް ނުކުންނަން އަންހެނުން ދިމާކޮށްލީ ކަމަށެވެ. އަހަރެން ބޭރަށް ނިކުމެ ފެންލައިޓް ކައިރީގައި އަންހެނުން ނިކުންނާނޭ ކަމަށް އިންތިޒާރުގައި ހުރީމެވެ. ނުކުންނަން އެއްވެސް މަސައްކަތެއް ކުރާތަން ނުފެނުމުން އެނބުރި ގޮސް ފާހާނައިގެ ދޮރު ކައިރީގައި ހުރީމެވެ.

އިސާހިތަކު ނިކުމެއްޖެއެވެ. މޫނުމަތިން ހިނިތުންވާ ޙާލު ގައިން ވުޟޫ ކުރުމުގެ އަޘަރުތަށް އަހަރެންނަށް ފެނުނެވެ.

އަދި ބުންޏެވެ: "އަހަރެންނާ ކައިވެނިވުމަށް އެފަރާތެއްގެ ނަންފުޅުން ތިބާ ހުވާކުރި، ފަރާތަށް އަހަރެން ޝަކުވާކުރާ ހުށީމެވެ.! ފަހެ ކުޑަ ދޮރެއް، ދޮރެއް ނުވަތަ ފޯނެއް އެފަރާތަށް ޝަކުވާ ދެންނެވުމުން މަނައެއް ނުކުރެވޭނެއެވެ! އެއިލާހުގެ ދޮރުކޮޅެއް ދުވަހަކު ވެސް ބަންދެއް ނުވާހުއްޓެވެ!"

އަންހެނުންގެ އެބަސްތައް އަހަރެންގެ މޫނުމަތީގައި އެތިފަހަރަކުން ޖަހާލި ކަހަލައެވެ. ހުއްޓުން އަރައި ހަމަހިމޭންކަމާ އެކު ގޮސް ސޯފާގައި އިށީނދެ، ހިނގައިދިޔަ ކަންތަކާ މެދު އަހަރެން ވިސްނަން އިނީމެވެ.

އަހެންނުން ނަމާދު ކުރަން ފެއްޓެވިއެވެ. އަހަރެން ބަލަން އިނީމެވެ. ސަޖިދައިގައި ވަރަށް ގިނަ ވަޤުތު ހޭދަކުރިއެވެ. ނިމުމާ އެކު އެކަނބުލޭގެ ދެ އަތްމައްޗަށް އުފުލައި ދުޢާކުރަން ފެއްޓިއެވެ. އަހަރެންނަށް ކެތްނުވެގެން ގޮސް އަންހެނުންގެ އަތުގައި މަޑުމަޑުން ހިފައި ބުނީމެވެ.

"ތިބާ ސަޖިދައިގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް އަހަރެންނާ މެދު ކުރި ޝަކުވާ ނުފުދޭތޯއެވެ؟"

އޭނަ އަހަރެންނާ ދިމާލަށް ބަލާލިއެވެ. އަދި ތަފާތު ރާގަކުން ބުންޏެވެ.

"ތިބާ އަހަރެންނާ މެދު ކަންތައް ކުރި ގޮތަށް ފަހު ވެސް އަހަރެން ދުޢާ ކުރުން ހުއްޓާލަންވީ ހެއްޔެވެ؟"

އަހަރެން ބުނީމެވެ: "ﷲ ގަންދީ ބުނަމެވެ. އެއީ އަހަރެން ޤަޞްދުގައި ކުރި ކަމެއް ނޫނެވެ. އައި ރުޅިމަތީގައި ހިނގައިދިޔަ ކަމެކެވެ."

އޭނާ ބުންޏެވެ: "އެހެންވެ، އަހަރެން ދުޢާ މިކުރަނީ "ތިބާއަށްޓަކައެވެ." އަދި ޝައިޠާނާގެ މައްޗަށެވެ. އަހަރެންގެ ދެ ލޮލުގެ ފިނިކަން ކަމުގައިވާ ފިރިމީހާގެ މައްޗަށް ދުޢާކުރުމަށް އަހަރެން މީ މޮޔައެއް ނޫނެވެ!"

އަހަރެންގެ ދެލޯ ކަރުނުން ފުރިގެންވާ ޙާލު ދުވަހަކުވެސް ދެން އަހަރެންގެ އަތުން އެފަދަ ކަމެއް ނުހިނގާނެ ކަމަށް ވަޢުދުވީމެވެ."

-وقفوهم إنهم مسؤولون-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *