Support Us

މިއީވެސް އިންސާނެކޭ

ހިނިތުންވެގެން ހުރެ ކަރުނަތައް ދިރުވާލުމީ އިހުސާނެކޭ
މިނިވަން ހިނގާ ޠާހިރު ލެއިން ހިތުގައި ވަނީ އީމާނެކޭ

ފިނިރޯޅިއާ ހަރަކާތް ވެލާ ގަސްތަކުގެ ފަތްތައް ފެހި އެހާ
ފިނިފެންމަލުން ވަސްމީރުވީ މިފުރާނައީ ބުސްތާނެކޭ

ކޫރުންތަކެއް ހިތުގާ އެޅުނު ނޫރަންކުލައިން ކުލަތައް ފެވުނު
ރޫހީއުފާ ދައުރަށް ލިބުނު ގެނުވީ ނިމުން އުދުވާނެކޭ

ހިއްލާލި ރާޅުގެ ހުޅިމަތީ ކިއްލާ ބިނާވާ ގޮތްމަތީ
ދިއްލާލި ނޫރުގެ އަލި އެއީ ބިއްލޫރި ފަދަ އަރުމާނެކޭ

ޖެހެމުން އެއައި މަޑު ރޯޅިފަށް އުތުރުން ބަދަލު ދެކުނަށް ވެފާ
ބެހުމަށް ދަތުރު މެދުވެރި އެވީ މޫސުމުގެ އައި ޠޫފާނެކޭ

ތޯތޯ ނުވާނެ ފިދާއަކުން އަގުދޭން ހަޔާތަށް އަމުދަކުން
ލޯބީގެ ހައްގަށް ހެޔޮހިތުން ދެން ލާޒިމީ ގުރުބާނެކޭ

ކިޔެމުން މިދާ ފަތްފުށްތަކުން ލިބެމުން މިދާ އިބުރަތްތަކުން
ލިޔެލަން އޮތީ ރަންދެއްޔަކުން ކެތްތެރި ނިކަން ދާސްތާނެކޭ

ފިރުމުންތަކުން އަނިޔާ ލިބޭ ކަރުނުން ދަވާ ދަރުދަށް ލިބޭ
ދިރިއުޅުމަކީ ހެން ދިރިއުޅޭ ބިރުވެރި ހިތުގެ ހައިޖާނެކޭ

ވިރެމުން ލަގޮނޑި މި ހިތާ މެޔާ ގިރެމުން ނަފުސު ކަށްޓާ ލެޔާ
ކިރިކިރި މިހެން ދެބަ ހާލުގާ ދިރިހުރި މިވެސް އިންސާނެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *