Support Us

ސްޕޭނު މައްޗަށް މޮރޮކޯގެ ތާރީޚީ މޮޅު

މޮރޮކޯ އިން 3-0 އިން ސްޕޭން ބަލިކޮށް ވޯލްޑްކަޕުގެ ތާރީޚުގައި ކްއާޓަރފައިނަލަށް ދަތުރުކުރި ފުރަތަމަ އިސްލާމީ ޤައުމަށްވުމުގެ އުފާ ރޭ ފާޅުކުރީ ފަލަސްތީނުގެ ދިދައާ އެކުގައެވެ. މާނައަކީ ކޮބައިތޯއެވެ؟

މީ އެއް ބައެއްކަމެވެ. އެއް އުންމަތެއްކަމެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމެވެ. އުފަލާއި ހިތާމައިގައި ވެސް އެއް އިހުސާސެއް އޮތްކަމެވެ.

މޮރޮކޯ ސަޕޯޓަރުން ދަނޑަށް ވަދެ ތިބެގެން ހުއްޓާނުލައި ޓީމަށް ދިނީ ހަމައެކަނި ހިތްވަރެއް ނޫނެވެ. ދެ އަތް މައްޗަށް ނަގައި ﷲ އަށް ދުޢާކުރަން ތިބި އެތައް ބަޔަކު ވެސް ފެނުނެވެ. މެޗުން މޮޅުވުމުން އުފާފާޅުކުރުމުގެ ކުރިން ޝުކުރުގެ ސަޖިދައަށް މުޅި ޓީމުގެ ހުރިހާ ކުޅުންތެރިން ތިރިވެގެން ދިޔަ މަންޒަރު ފެނިފައި އުފަލުގެ ކަރުނަ ދެލޮލުން ހިލިލިއެވެ.

ދެން ދާން މިޖެހެނީ އިސްލާމީ ތާރީޚުގެ ތެރެއަށެވެ. މީލާދީން 711 ވަނަ އަހަރު މުސްލިމުންގެ ޒުވާން ބަރުބަރީ ކޮމާންޑަރު ޠާރިޤު ބިން ޒިޔާދުގެ ކޮމާންޑަރު ކަމުގެ ދަށުގައި ސްޕޭންގެ ބިޔަބޮޑު ލަޝްކަރު ބަލި ކުރި ހަނދާންތަކަށެވެ. މޮރޮކޯގެ މި ބޮޑު ކާމިޔާބީއަށް ފަހު ސްޕޭން އިސްލާމީ ވެރިކަމުގެ ދަށުގައި 1492 ވަނަ އަހަރާ ހަމައަށް އޮތެވެ.

އިސްލާމީ ލަޝްކަރު ސްޕޭނުގެ ރައްޔިތުން ބަލައިގަތީ އެ މީހުންގެ ވެރިޔަކަށްހުރި އަނިޔާވެރި ލަޒްރީޤުގެ ކިބައިން އެ ރައްޔިތުން މިނިވަން ކޮށްދެވޭނެ ހަމައެކަނި ލަޝްކަރުގެ ގޮތުގައެވެ.

ޢަރަބި އުއްމަތުގައި މީސްތަކުން މިނިވަންކަމާއި ހަމަހަމަ ކަންމަތީގައި އުޅޭތަން ފެނުމުން ސްޕޭނުގެ ރައްޔިތުން އެ ސަރަހައްދުގައި އޭރު ހުންނެވި މުސްލިމުންގެ ކޮމާންޑަރު މޫސާ ބުނި ނުޞައިރަށް އެ މީހުންގެ ހާލަތު ސާފުކޮށްދީ މިނިވަން ކޮށްދިނުމަށް އެދި އާދޭސް ދަންނެވިއެވެ. ޠާރިޤު ބުން ޒިޔާދުގެ ވެރިކަމުގެ ދަށުގައި އިސްލާމީ ލަޝްކަރެއް އަންދަލުސްއަށް ފޮނުވީ މޫސާ ބިން ނުޞައިރެވެ. ފަހުން ޠާރިޤު ބުނި ޒިޔާދާއި މޫސާ ބުނި ނުޞައިރާ ދެ ބޭފުޅުން އިސްވެ ތިއްބަވައި މުޅި ސްޕޭން ފަތަޙަ ކުރެއްވިއެވެ.

* މައުލޫމާތު: އަބްދުﷲ ސައީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *