Support Us

ދެން ކޮށްލަން ޖެހޭނީ އެންމެ ކަމެއް!

ފައިހަމަކުރަން މުޅި ދުނިޔެއާ، ކޮށްލަންއޮތީ ދެން، އެއްކަމެއް،
ޓައިޓޭނިކާ، ޗަރުކޭސިއާ، ފިލްމެއް ކުޅުންނޫން! ނެތް ކަމެއް

ވާރުތަމުދާ ބެހުމުން ލިބުނު، ލޯންޗެއް، ނިކަން ބާރަށް ދުވާ،
ވައިމަތިކޮޅުން "ޓައިޓޭނިކުގެ" ޝޫޓިން ނެގުން ނޫން ކޮންކަމެއް

ގައުމާއި ގައުމުގެ ރައްޔިތުން ޙާލަށް ބަލާކަށް ނެތް ކަމެއް،
ގައުމުގެ "ދިފާޢު ޙަވާލު ކުޅަ މީހުން" ބަލާ ހުރިހާ ކަމެއް

ޒިއްމާތަކެއް ނޯންނާނެ އަދު، ގައުމަށްޓަކާ ވިސްނާކަށެއް،
ޒިއްމާނަގަން އަދު "އުތުރުކަރަޔާ" މީ ޙަވާލުވެ އޮތް ތަނެއް

ކައި ބޮއެ، ނުލާހިކު އުފަލުގައި، ހެވި، ދިލިފަ، އެތިބީ ރައްޔިތުން
ހައިހޫނު ކަން ފިލުވާ ކަށެއް ދެން ނެތް ކުރަންވީ ވަކި ކަމެއް

ހުރިހާކަމެއް ނިމިފައި ހުރީ ކުރިހާ ވަޢްދު ފުދިފައިވަނީ
ބުރިޖާ ރަށާ ގުޅިފައި އޮތީ، އިތުރަށް ކުރާކަށް ނެތް ކަމެއް

ކަންމަތިފިހާރަ އިތުރުވަނީ، މުދަލުގެ އަގަށް އަތް ފޯރަނީ
މަސްވެރިކަމަށް ހަމަ އަގުދެނީ، އިތުރަށް އޮތީ ދެން ކޮންކަމެއް

ބޭރުގެ ގުޅުން އިތުރުވެ ދަނީ ބޭނުން ކަމެއް ފުދެމުން ދަނީ
ބޭނުން ވަރެއް ލޯނަށް ދެނީ، ވިސްނަން އޮތީ ދެން ކޮން ކަމެއް

އަރި އަރި މަތިން، އޮފު ކެނޑުނަކަސް، ދިރުނބާކޮޅުން ދައްކާލުމުން
ފަރިކަން މިފިލްމުގެ ޝޮޓުތަކުން ފެނުމުން ފުދޭ ހުރިހާ ކަމެއް

މާދަން ތަނުން ފައިބަން ގޮވާލީމާ ދިވެހި ހުރިހާ ދަރިން
އާލާތް ހަދައި ފުށުފޭލި ބަނދެ، ފޭބުން އޮތީ، ނުވެ އޮތް ކަމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *