...

Support Us

ގައުމު އޮތީ ފެކްޝަނެއްގެ އުނދަގުލުގައި

މިގައުމު އޮތީ، ދެ ފެކްޝަނަކަށް ބަހައިގެން "ބައިބަލާ ކުޅުމެއް"
މިގައުމުގެ ރައްޔިތުން އުފުލަން މިޖެނީ ބޮޑު ހިތާމަ ތަކެއް

މިގައުމުގެ އެންމެ ބޮޑު ފެކްޝަނުގެ މެންބަރަކަށް ވެވުނު މީހެއް،
"ކިތަންމެ ނުބައި ކުށެއް ކުރިއަސް ނެތޭ އަދަބެއް ލިބޭ މީހެއް"

މިފެކްޝަނު ގައި އުޅޭމީހުން މިޤައުމު އެކީ، ފަނާ ކުރިޔަސް،
މި ތަނުގައި އޮންނަ ޤާނޫނުގެ އަތެއް ފޯރާ ނެތޭ މީހެއް

މިޤައުމުގެ އެންމެބޮޑު ލޯޔަރު "ބަލައި ފާސްކޮށް" ހަދާއިރުވެސް،
މިފެކްޝަނުގައި އުޅޭމީހެއް، ނެތޭ "އުންސުރު" ހަމަވި މީހެއް

ތަފާތު އެތައް ކުށެއްކުރިޔަސް ސަލާމަތްވާނެ! ފެކްޝަނުގައި،
ބަލާއިރު ފެކްޝަނުގެ މީހެއްގެ ނެތް "ހުޅުވައިލެވޭ ފައިލެއް"

ކުރާއެތަކެއް ނިހާއީ ބޮޑެތި ކުށްތައްވެސް ކުރާ އިރުގައި
ބަލާއިރު ފެކްޝަނަށް ނިސްބަތް ވިނަމަ، ކުށްވެރި ނުވާމީހެއް

މިއޮތް ރޯމާ ދުވާލު ހަދާ ދޮގާއި، ކޮރަޕްޝަނާ، ވައްކަން،
މިގޮތް ރަނގަޅޭ! ކިޔައިގެން ފެކްޝަނުން ނިންމަން ތިބޭނެ ބައެއް

ހިތާމަތަކާއި ޝައްކާ ބިރު މިތަނުގައި ދިރިއުޅެން، އެބަ އޮތް،
ފިސާރި ތެދެއް! މި ފެކްޝަނަކީ މިގައުމަށް އޮތް "މުޞީބާތެއް"

ކުށުގެ ބޮޑު ހާއްޔަކަށް ވެއްޖޭ މިމުސްލިމް ޤައުމުގައި މިއަދަށް،
މުށުން ދޫވެއްޖެ! ޤައުމު އެކީ، ނެތޭ އަނބުރައި ލިބޭނެ ގޮތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *