...

Support Us

ތެދުފުޅެއް! ހަމަ ތެދުފުޅެއް!

ތެދުފުޅެއް! "ރަން އަކުރަކުންވެސް" މީ ފެވޭނޭ ހަތަރު އަހަރެއް،
ތެދުފުޅެއް! ގައުމާ ވަޠަން އަޅުވެތިކަމަށް ވިއްކާލި ދައުރެއް

ދަންނަވާނަމަ ދަންނަވަން ޖެހެނީ ދިވެހި ތާރީޚުގައި ވެސް،
ލައްކަ ގިނަ ގުނަވީ ރެކޯޑެއް ގައިމު ކުރަމުންދާ މި ދައުރެއް

ގައުމުގައި އުފެދުނު ޖިހާދީން ފަތަޙަ ކޮށްފައި އޮތް ތަނަށް،
" ކަޅު މުޙައްމަދު ރަސްގެފާނު ޒަމާން، އިޢާދަ ކުރެއްވި ދައުރެއް"

ދީނަށާ، ޤުރްއާނަށާ، މަތިވެރި ރަސޫލާ، ސުއްނަތަށް،
ރީތިކޮށް ހަމަ "ގޮންޖަހައި" ކަންތައް ކުރާ ހަމައެކަނި ދައުރެއް

ޢަރަބި ދީނީ ޢިލްމުތައް މުޅި، މަންހަޖުން ފޮހެލައި ހަދައި،
"ޢަރަބި ޢިލްމީ ބޯހިޔާވަހިކަން" އެކީ ނައްތާލި ދައުރެއް

ދީނުގައިހުރި ބޮޑެތި ޝިރުކާ، ކުފުރުގައި ޣާފިލު ވުމުން،
ދީނުގައި އެންގެވި މަގުން ޢަމަލެއް ނުކޮށް ދޫކޮށްލި ދައުރެއް

ދީނުގައި އޮތް އެންމެ ފާޙިިިޝް ޢަމަލު ހިންގާމީހުނަށް،
ރީތިކޮށް އޮފު ލައި، އޮމާން ކޮށް ފޮރުވަމުން ގެންދާ މި ދައުރެއް

ޤަތުލުކޮށް ކުދިކޮށް ކޮށައި، މީހުން މަރައި ހަދަމުން ދިޔަސް،
"ފަޚުރުވެރި ޢިއްޒަތް ތެރީންނަށް ބަދަލުވާ" އަނިޔާގެ ދައުރެއް

ދައުލަތާ ދައުލަތުގެ މުދަލާ ފޭރިކާ ހުސްކޮށް ލުމުން،
ދައުލަތުން އައްޑަނަ ޔަކާ، މަތިވެރި މަޤާމާ ދޭ، މި ދައުރެއް

ވައްކަމާ، މަކަރާ، ކޮރަޕްޝަން، ޙައްދު ފަހަނައަޅައި ދިޔަސް،
ބައްލަވައިގެން ބަދަލު ހޯދަން ދައުލަތަށް ނުކެރޭ މި ދައުރެއް

ނަންގަވައިގެން ލޯނުތައް މުޅިގައުމު އެއްކޮށް ރަހުނު ކޮށް،
ލައްކަ ލައްކައިން ރައްޔިތުން ދަރި ދަރި ކޮޅަށް ދަރުވާލި ދައުރެއް

ދައުލަތުގެ ހުރިހާ ރިޒާވެއް ހުސްވެ، އޮނިގަނޑަކަށް ވުމުން،
ދައުލަތުން ހަމަ އެންމެގިނަ ފައިސާ ޖަހައިގެން ނެރުނު ދައުރެއް

ރައްޔިތުން ޖާނާއި މާލަށް ކާފަރުން އަތް ގަދަކުރަން،
ރައްޔިތުންނަށް ސިއްރު ކޮށް، ގިނަ ގުނަ ޖަރީމާ، ހިންގި ދައުރެއް

ޢަދުލު އިންސާފުގެ ތެރަށް ވެދެގެން "އެތާ ގުޅަމަތި ހިފައި"
ޢަދުލު ވެރިވާ ޙާކިމުންގެ "ސުލޫކު ބުރިކޮށްލައި" މި ދައުރެއް

ޚާރިޖީ އަދި ދާޚިލީ އެއްވެސް އުރައްޕެއް ނެތް މިދައުރެއް،
ޖާހިލުންނަށް، ޢާލިމުން މޯގޭޖު ކޮށް، ވިއްކާލި، ދައު އުރެއް

ތެދުފުޅެއް! ރަން، ރިހި، ޖަވާހިރު، ފަދަ، ހަތަރު އަހަރެއްގެ ދައުރެއް،
ތެދުފުޅެއް! ތާރީޚުގައި ވެސް ނެތް، ނުރައްކާ މިފަދަ ދައުރެއް

ދަންނަވައި ނިމުމެއްނުވާނެ ރެކޯޑުތައްވެސް ގިނަ، މިދައުރެއް،
އަންނަ އަހަރަށް، ރައްޔިތުން ވިސްނައި، މިކަން ނިންމަންވި ދައުރެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *